ޚަބަރު

ރައީސްގެ އަނބިކަނބަލުން ސާޖިދާ، ތުރުކީގެ ރައީސްގެ އަނބިކަނބަލުންނާ ބައްދަލުކުރައްވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންގެ އަނބިކަނބަލުން އެމިން އުރްދުޣާންއާއި ބައްދަލުކުރައްވައިފިއެވެ.

Ads by Hajj Corporation

މި ބައްދަލުކުރެއްވުން ކުރިއަށްގެންދެވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތުރުކީއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެތެރެއިންނެވެ. ބައްދަލުވުން ކުރިއަށްގެންވިކަން ހާމަކުރައްވާފައިވަނީ، އުރުދުޣާންގެ އަނބިކަނބަލުން އެމިން އުރުދުޣާން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައެވެ.

މި ބައްދަލަކުރެއްވުމުގައި ތުރުކީގެ ރައީސްގެ އަނބިކަނބަލުން އެމިން އުރްދުޣާން ވަނީ، ދެކަނބަލުންގެ ފުރަތަމަ ރަސްމީ ދަތުރުފުޅު ތުރުކީއަށް ކުރެއްވިކަމަށްޓަކާ އެކަން ފާހަގަކުރައްވާ، ރިޔާސީ ފާގަތި ދައުރަކަށް އެދިވަޑައިގެންފައެވެ. އަދި ރައީސް ޑރ.މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުންނަށް މަރުހަބާ ވިދާޅުވުމަކީ ލިބިވަޑައިގެންނެވި އުފަލެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވަނީ، ޝައުގުވެރިވެވަޑައިގަންނަވާ އާއްމު އިޖްތިމާޢީ ދާއިރާތަކުން ދެ ބޭފުޅުންގެ ޚިޔާލާއި ތަޖުރިބާ ޙިއްސާކުރައްވާފައެވެ. އެގޮތުން ތަޢުލީމާއި، ތިމާވެއްޓާއި، ސަޤާފަތް ކުރިއެރުވުމާއި އަދި އަންހެނުން ބާރުވެރިކުރުވުމާއި ގުޅޭގޮތުން ވާހަކަފުޅުދެއްކެވިއެވެ.

ދެ ބޭފުޅުންވެސް ވަނީ، ޕަލަސްތީނަށް ޔަހޫދީ އިސްރާއިލުން ދެމުންދާ ލާއިންސާނީ ޙަމަލާތަކުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި މިނިވަންކަމާއި އަމާންކަން ލިބިގެންދިއުމަށް އެދިވަޑައިގަންނަވާކަން ހާމަކުރެއްވިއެވެ.

މި ބައްދަލުވުމުގެ ތެރެއިން ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ، ކުންޏާމެދު ހޭލުންތެރިކުރުމަށް ފަށާފައިވާ ކެމްޕެއިން "ގްލޯބަލް ޒީރޯ ވޭސްޓް ގުޑްވިލް ޑެކްލަރޭޝަން"ގައި ސޮއިކުރައްވާފައެވެ. މިއީ އުކާލެވޭ ކުނި މަދުކުރުމަށް ފަށާފައިވާ ބައިނަލްއަޤްވާމީ ކެމްޕެއިންނެކެވެ. ކުނި މަދުކުރުމާ ގުޅޭ ކަންކަން ރާއްޖޭގައި ކުރިއަރުއްވަން ރައިސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވައުދުވެވަޑައިގެންނެވިކަން އެމިން ފާހަގަކުރެއްވިއެވެ.

ބައްދަލުކުރެއްވުން ނިންމަވާލެއްވީ، ކުރިމަގުގައިވެސް ދެ ޤައުމުގެ ރަޙުމަތްތެރިކަމުގެ ގުޅުން މިގޮތުގައި ކުރިއަށްގެންދެވުމަށް އެދިވަޑައިގަންނަވަމުންނެވެ.

Ads by Allied Insurance
  1. ބަލާތި

    މުއިއްޒު ވެރިކަމަށް އައީ ރައީސް ޔާމީން އެންޑޯރޒް ކުރެއްވި ކެންޑިޑޭޓް ޓެގް އަޅުވައިގެން ވެރިކަމަށް އާދެވުމުން ރައީސް ޔާމީނަށް ޚިޔާނާތްތެރި ވުމަށްފަހު ވެރިކަމުގައި ބަގުޑި ބައްދާމީހަކު ރައްޔިތުންނަށް ޚިޔާނާތް ތެރިވާން ފަސްނުޖެހޭނެ ކަން ޔަގީން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމުގައި މާލޭގައި ހުރި އެއްވެސް ކަމެއް ހައްލު ނުވި ހަމައެކަނި ކުރި ކަމަކީ ރައްޔިތުން ތަފާތު ކުރުމަށްޓަކައި ދަފްތަރު އުވާލުމޭ އެވެސް ވަގުތީ ގޮތުން އުވާލި ގޮތަށް އެއަށް ހައްލުނުގެނޭ

    • ނަސީބެއް ވިސްނުނުކަން…

    • ެއެކަމަކުވާ

      ދެން އޭނަ ހޮވުނީމަ ޔާމީނަށް ދީފަ ގެޔަށް ދާން ވީ. ކޮބާ އޭގަ އިންސާފެއް؟