ހަކަތައިގެ ދާއިރާގައި މަސައްކަތްކުރާ ޓެކްނިކަލް ދިވެހިން ބިނާކުރުމަކީ މުހިންމު ކަމެއް: މިނިސްޓަރ ޠާރިޤް
ހަކަތައިގެ ދާއިރާގައި މަސައްކަތްކުރާ ޓެކްނިކަލް ދިވެހިން ބިނާކުރުމަކީ މުހިންމު ކަމެއްކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޠާރިޤް މިހެން ވިދާޅުވީ، ޕީއެސްއެމްއިން ގެނެސްދޭ ދިވެހީންގެ ރާއްޖެ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން، ދެމެހެއްޓެނިވި ގޮތެއްގައި ހަކަތައާއި ތިމާވެށީގެ ދާއިރާ ކުރިއެރުވުމަށްޓަކައި އެ ދާއިރާތަކުން ޤާބިލް ދިވެހިން ބިނާކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާނެކަމަށާއި، ރާއްޖެއަށް ތިމާވެށީގެ ގޮތުން ކުރިމަތިވާ ގެއްލުންތައް ދެނެގަނެ އެކަންކަމުން އަރައިގަތުމަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަތުން މުހިންމުކަމަށް މިނިސްޓަރު ޠާރިޤް ވިދާޅުވިއެވެ.
އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އުޅޭ ދިރޭ ތަކެތި ހިމާޔަތްކޮށް އެ ތަކެތި މަދުވަމުން ދާނަމަ ރައްކާތެރިކޮށް ހިމާޔަތް ކުރަންޖޭހޭކަމަށާއި، ނަމަވެސް އެދާއިރާތަކުން އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޤާބިލް ދިވެހިން ލިބުމުގައި އޮތް ދަތިކަންކަމަށް ފާހަގަކުރައްވަމުން ޠާރިޤް ވިދާޅުވީ މިދާއިރާގައި ގިނައީ ބިދޭސީންކަމަށެވެ.
މީގެ އިތުރުން، ހަކަތައާއި ތިމާވެށްޓާއި ގުޅުން ހުރި ދާއިރާތަކުން މިހާރަށް ވުރެށް އިތުރަށް މީހުން ބިނާކުރުން މުހިންމުކަން ފާހަގަކުރައްވަމުން ޠާރިޤް ވިދާޅުވީ، ރާއްޖޭގައި ވެސް މި ފަދަ ދާއިރާތަކަށް ގިނަ ފަހަރަށް ބަރޯސާވެފައި އޮންނަނީ ބޭރުގެ މީހުންނަށްކަމަށާއި، ނަމަވެސް ދިވެހި ތަމްރީނުކޮށް މި މަސައްކަތުގައި މައިދާނަށް ނެރުމަކީ ކުރުން ވަރަށް މުހިންމުކަމެއްކަމަށެވެ.
"ހަކަތައިގެ ދާއިރާއިން އަބަދުވެސް އެބަޖެހޭ މީހުން ބިނާކުރަން. ޓެކްނިކަލް މީހުން ބިނާކުރަން. ޚާއްސަކޮން ރިނިއުބަލް އެނަރޖީ ދާއިރާއިން އެޑިކުއޭޓް ވެފައިތިބި އަޅުގަނޑުމެން ދިވެހިން ވަރަށް މަދު. ބޭރުގެ މީހުންނަށް ވަރަށް ބޮޑަށް ބަރޯސާވެފައި މިއޮންނަނީ. އަޅުގަނޑުމެންގެ ދިވެހި މި ދާއިރާގައި ބިނާކޮށް ލައިސަންސް ދީގެން މަސައްކަތް ކުރާ ބަޔަކަށް ހެދުން. މިހާރުވެސް ލައިސަންސް ދީގެން މަސައްކަތް ކުރަނީ. އެހެންނަމަވެސް މި ދާއިރާގެ ޓެކްނިކަލް މީހުން ލައިސަންސް ދީގެން މަސައްކަތް ކުރުން މުހިންމު" ޠާރިގް ވިދާޅުވިއެވެ.
މީހުން ބިނާކުރުމަށް ދެން އެންމެ މުހިންމު ދާއިރާއަކީ ރާއްޖޭގެ ފެނާ ނަރުދަމާގެ މަސައްކަތުގެ ދާއިރާކަމަށް އިޝާރަތްކުރައްވަމުން ޠާރިޤް ވިދާޅުވީ، އެވުޒާރާގެ މަސައްކަތްތަކުގެ ތެރޭގައި ހިމަނައިގެން ފެނާ ނަރުދަމާގެ މަސައްކަތުގެ ޕޮލިސީއެއް ތައްޔާރު ކުރުމަށް މަސައްކަތް ކުރައްވާ ކަމަށާއި، މި ދާއިރައިން މީހުން ބިނާކުރުން މުހިންމީ މި ކަމަކީ ރައްޔިތުންނާއި ގުޅުން ހުރި ކަމަކަށްވާތީކަމަށެވެ.
މިނިސްޓަރު ޠާރިޤް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ގިނަ ރަށްރަށަކީ އަދި ނަރުދަމާގެ ޚިދުމަތް ނުލިބޭ ރަށްރަށް ކަމަށާއި ނަރުދަމާގެ މަސައްކަތް ނިމި ޚިދުމަތް ދޭން ފެށުމުގެ ކުރިން ދެވެނީ ރައްކާތެރި ފެންތޯ ތަހުލީލުކޮށް ބެލުން މުހިންކަމަށެވެ. އެހެންކަމުން މި ފަދަ ޓެކްނިކަލް މަސައްކަތަށް ޤާބިލް ބޭފުޅުން ބިނާ ކުރަން ޖެހޭކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.
މަމެން ޕީއެންފްރަންޓޭ މެންވެސް އާޒިމަށް ތާއީދު އާޒިމް މާލޭގެ މޭޔަރު ކަމަށްވާދަ ކުރާނަމަ މަމެން ޕީއެންފްރަންޓޭ މެން މީހަކު ނުނެރެ އާޒިމަށް ތާއީދު ކުރާނަމޭ ސަބަބަކީ އާޒިމް އަކީ އެކަމަށް އެންމެ އެކަށޭނެ މީހާއީ މުއިއްޒު އެއީ ބޮޑުވަގެކޭ އޭނާ ވަނީ މުޅި މާލޭގެ މަގުތައް ޓިނު އަދުރޭ އަށް ވިއްކާލާ އަދުރޭ ބޮޑުއަގުގައި އެތައް ބަޔަކަށް ވިއްކާ ކަޓް ކާލައިގެން މަކަރާއި ހީލަތުން ވެރިކަަމަށް ފާވެފައޭ ހެޔޮނުވާނެ ޕީޕީއެމްގެ އެކަކު ވެސް އަދި ޕީއެންސީގެ އެކަކު ވެސް މާލެ ސިޓީ ކައުންސިލާއި ގާތް ކުރަން އެއީ ބޮޑެތި ވަގުންނޭ އެވަގުން ތައް ޖެހޭނެ ސައްޕެއް ޖަހާ ހަފޮޅުން ބޭރުކުރަން ޖޭޕީ އަކީ އެއީ ސީދާ ހާމާނޭ އޭނާގެ ޕާރޓީ އަށް ބޯން ދޭން ޖެހޭނެއޭ މިފަހަރު ރައްޔިތުން ބޯންދޭތި ބޯންދޭތި ބޯންދޭތި ބޯންދޭތި ބޯންދޭތި ބޯންދޭތި ބޯންދޭތި ބޯންދޭތި ބޯންދޭތި ބޯންދޭތި ބޯންދޭތި ބޯންދޭތި ބޯންދޭތި ބޯންދޭތި ބޯންދޭތި ބޯންދޭތި ބޯންދޭތި ބޯންދޭތި ބޯންދޭތި ބޯންދޭތި ބޯންދޭތި ބޯންދޭތި ބޯންދޭތި ބޯންދޭތި ބޯންދޭތި ބޯންދޭތި ބޯންދޭތި ބޯންދޭތި ބޯންދޭތި ބޯންދޭތި ބޯންދޭތި ބޯންދޭތި ބޯންދޭތި ބޯންދޭތި ބޯންދޭތި