އިންޑިއާއިން ހުށަހެޅީ ސިފައިން ބޭލުމަށްފަހު ހެލިކޮޕްޓަރު އޮޕަރޭޓް ކުރަން އިންޑިއާގެ ކްރޫ އިން ރާއްޖެ ގެންނަން

އިންޑިއާއެކު މިހާރު ދިވެހިރާއްޖެއިން ކުރަމުން އަންނަ މަޝްވަރާތަކުގައި އެ ޤައުމުން ހުށަހަޅާފައިވަނީ ރާއްޖޭގައި މިހާރު ބޭނުންކުރާ އިންޑިއާގެ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ބޭނުންކުރުން ހުއްޓާނުލައި, އެ އޮޕަރޭޓްކުރަން އިންޑިއާގެ ޕައިލެޓުންނާއި މެކޭނިކުން ގެންނަން ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.
ރާއްޖެއާއި އިންޑިއާއާ ދެމެދު ކުރެވުނު މަޝްވަރާތަކަށްފަހު, އިންޑިއާގެ ސިފައިން ރާއްޖެއިން ދިއުމަށް އިންޑިއާއިން އެއްބަސްވެފައިވާ ކަމަށް އިއްޔެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަކީ ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވައުދެކެވެ. އަދި އެކަން އެގޮތަށް ކުރައްވާނެ ކަަމަށް އިއްޔެ ވެސް އެމަނިކުފާނު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
އެކަމާ ގުޅޭ ގޮތުން އިންޑިއާގެ ނޫސްތަކުން އެޤައުމުގެ ކްސްޓާނަލް އެފެއާޒް މިނިސްޓްރީން ވަކި އެއްޗެއް ބުނެފައެއް ވެއެވެ. ނަމަވެސް ހިއުމެނިޓޭރިއަން އެސިސްޓެންސް އެންޑް ޑިޒާސްޓާ ރިލީފް (އެޗްއޭޑީއާރް) ޕްރޮގްރާމްތަކުގައި މަސައްކަތް ކުރާ އިންޑިއާގެ ޕްލެޓްފޯމްތަކާއި މުވައްޒަފުންގެ މައްސަލައާ ބެހޭ ގޮތުން ދުބާއީގައި ރައީސް ޑރ. މުޢިއްޒާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ބޭއްވި ބައްދަލުވުމެއްގައި އެކަމާއި ގުޅޭގޮތުން ވާހަކަ ދެކެވުނު ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.
ެއެގޮތުން އިންޑިއާއިން ހުށަހެޅި އެއް ހުށަހެޅުމަކީ އިންޑިއާގެ މިލިޓަރީ ވިންގްގެ ބަދަލުގައި, އެ އުޅަނދުތައް އޮޕަރޭޓްކުރަން ސިވިލިއަން މީހުން ހަރަކާތްތެރިވުމެވެ. ނަމަވެސް އެ މަޝްވަރާ އޮތީ ވަރަށް ޅަފަތުގައެވެ. ވަކި ގޮތެއް ނިންމަން ދެ ޤައުމުގެ ފަރާތްތަކުގެ މައްޗަށް ހިމެނޭ ކޯ ކޮމިޓީއެއް ވަނީ އުފައްދާފައެވެ.
ސަރުކާރުން އެންމެ ފަހުން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު, ހެލިކޮޕްޓަރާއި ޑޯނިއާ ދުއްވުމާއި މެއިންޓެއިން ކުރުމަށް ރާއްޖޭގައި އިންޑިއާގެ 77 ސިފައިން ތިބެއެވެ.
އެއީ ންޑިއާ އިން ރާއްޖެ އަށް ހަދިޔާކުރި ފުރަތަމަ ހެލިކޮޕްޓަރު ބެލެހެއްޓުމަށް 24 ސިފައިން, ޑޯނިއާ މަތިންދާބޯޓު ދުއްވުމަށް 25 ސިފައިން, ދެވަނަ ހެލިކޮޕްޓަރު ދުއްވުމަށް 26 ސިފައިން އަދި އެ އުޅަނދުތަކުގެ މެއިންޓެނަންސާއި އިންޖީނިއަރިން މަސައްކަތްތައް ކުރަން ދެ ސިފައިނެވެ.
ސަރުކާރުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު, މިދިޔަ ފަސް އަހަރު ހެލިކޮޕްޓަރު އަދި ޑޯނިއާއިން 661 މެޑިކަލް އިވެކްއޭޝަން ވަނީ ހިންގާފައެވެ. އަދި 220 ސަވައިލެންސް އޮޕަރޭޝަން އަދި 100 ސާޗް މިޝަން ހިންގިއެވެ. އޭގެ އިތުރުން އެއާ ކްރޫ ޓްރާންސްފާ އާއި ކޮވިޑް ސާމްޕަލް ކަލެކްޝަން އާއި ވީއައިޕީގެ އެކިއެކި މަސައްކަތްތަކާއި ޑިފެންސާ ގުޅޭ އެކި ތަމްރީނުތަކަށް ވެސް މި އުޅަނދުތައް ބޭނުންކުރިއެވެ.




ކޮމެންޓް