Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ބައްސާމްގެ ޕާސްޕޯޓު ހިފަހައްޓައިފި

ބައްސާމްގެ ޕާސްޕޯޓު ހިފަހައްޓައިފި

ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

ފުލުހުން ވިދާޅުވީ ފުލުހުން ތަހުގީގު ކުރަމުންދާ އެފްއޭއެމްގެ މައްސަލަ އާއި ގުޅިގެން ބައްސާމް ފުރުން މަނާ ކުރުމުގެ އަމުރު ކޯޓުން ނެރެދީފައިވާ ކަމަށެވެ.

އެފްއޭއެމްހެ ތެރޭގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ފައިސާއާ ގުޅޭ ނަހަމަ މުއާމަލާތްތަކެއްގެ މައްސަލަ ފުލުހުން ބަލަން ފެށީ މިދިޔަ މަހުގެ ތެރޭގައެވެ. އެ ތަހުގީގަށް އެފްއޭއެމްގެ އޮފީސް ފުލުހުން ފާސްކޮށް ލިޔެކިޔުންތަކެއް ވަނީ ގެންގޮސްފަ =އެވެ.

Advertisement
HDC — Sidebar (box)

އެފްއޭއެމްގެ ވެރިންގެ މައްޗަށް ކުރެވޭ ހިޔާނާތުގެ ތުހުމަތުގައި، ބައްސާމްގެ މައްޗަށް ކޮށްފައިވަނީ ބޭރުގެ އިދާރާތަކުން ފޮނުވާފައިވާ ގިނަ އަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރި ވެފައިވާކަމުގެ ތުހުމަތެވެ.

ދާދިފަހުން ޕީޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ޝަމީމް ވިދާޅުވީ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ އިރު، ގިނަ އަދަދެއްގެ ފައިސާ އެކި ގޮތްގޮތަށް ބޭނުންކޮށްފައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް