މާލެގެ ބައެއް ސަރަހައްދުތަކުން މިރޭ ފެނުގެ ޚިދުމަތް މެދު ކަނޑާލަނީ

މާލެގެ ބައެއް ސަރަހައްދުތަކުން މިރޭ ފެނުގެ ޚިދުމަތް މެދު ކެނޑޭނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފިއެވެ.
މިކަން ހާމަކޮށް އެމްޑަބްލިއުއެސްސީން މިރޭ ބުނީ ފެނުގެ ޚިދުމަތް މެދު ކެނޑޭނީ މިރޭގެ 23:00އިން ފަތިހު 05:00އާ ހަމައަށް ކަމަށެވެ.
މި ވަގުތުތަކުގައި ފެނުގެ ޚިދުމަތް މެދުކަނޑާލަނީ މާލޭގެ ފެނުގެ ނިޒާމުގެ އަޕްގްރޭޑިންގެ މަސައްކަތަކަށް ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.
އެހެންކަމުން މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަކަށް އެ ކުންފުނީގެ ފަރާތުން ވަނީ މައާފަށް އެދިފައެވެ.