އަމީނީ މަގުގެ ނުނިމި ހުރި މަސައްކަތް ފަށައިފި

އަމީނީ މަގުގެ އިތުރު ދެ ސެގްމެންޓެއްގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ( އާރުޑީސީ) އިން މިއަދު ފަށައިފިއެވެ.
އާރުޑީސީން ބުނެފައިވަނީ މިހާރު ފަށާފައިވަނީ، ނުނިމި ބާކީ ހުރު ދެ ސެގްމަންޓުގެ މަސައްކަތް ކަމަށެވެ. އެއީ ސެގްމެންޓް 12 އަދި 13 ހެދުމުގެ މަސައްކަތެވެ.
އަމީނީމަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫޢުގައި 1.79 ކިލޯމީޓަރުގެ މަގުގެ ސަރަޙައްދު ތަރައްޤީކުރުން ހިމެނެއެވެ. އަދި މަގުގެ ދުވާރު ހެދުމާއި، ލޯފަން މީހުންނަށް ޚާއްޞަ ބްރައިލް ބޮލޮކް ބެހެއްޓުމާއި، ބަސްހުއްޓި އަދި ޕާކިންގ ޒޯން ޤާއިމު ކުރުން ވެސް ހިމެނެއެވެ.
އެމްޑީޕީގެ ސަރުކާރުން މި މަސައްކަތް ފާއިތުވި އަހަރުގެ ޖުލައި މަހުގެ ތެރޭގައި އާރްޑީސީއާއި ޙަވާލުކުރެއްވީ 84.4 މިލިޔަން ރުފިޔާއަށެވެ. އެހެންނަމަވެސް، މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
ކުރީ ސަރުކާރު ނިމުނުއިރު މިމަގުގެ ތާރުއަޅާ ނިމިފައިވަނީ ދިވެހިރާއްޖޭގެ އަޑާއި ހަމައަށެވެ.