Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޗީފް ސްޕޯކްސްޕާސަންގެ މަޤާމަށް ޝަހީބު

ޗީފް ސްޕޯކްސްޕާސަންގެ މަޤާމަށް ޝަހީބު

ރައީސުލްޖުމްހުރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ޗީފް ސްޕޯކްސްޕާސަންގެ މަޤާމަށް ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް މުޙައްމަދު ޝަހީބު އައްޔަނު ކުރައްވައިފިއެވެ.

އޭނާއަށް އެ މަޤާމުގެ ފަތްކޮޅު އަރުވައިފައި ވަނީ، މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި، ރައީސް ޑރ. މުޢިއްޒުއެެވެ.

ޝަހީބަކީ 30 އަހަރަށް ވުރެ ގިނަ އަހަރު ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވައިފައިވާ ތަޖުރިބާކާރެކެވެ.

Advertisement
Allied Insurance — Square (box)

އޭނާ ވަނީ ނޫސްވެރިކަމުގެ ދާއިރާއިން 2004 ވަނަ އަހަރު ހަވީރުގެ ރަން ގަލަން އެވޯޑު އަދި 2019 ވަނަ އަހަރު ނޫސްވެރިކަމުގެ އަލިމަސް ގަލަން އެވޯޑު ހާސިލުކުރައްވައިފައެވެ. އަދި ލިޔުންތެރިކަމުގެ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޤައުމީ އިނާމު، 2007 ވަނަ އަހަރު ލިބިވަޑައިގެންނެވިއެވެ.

ޝަހީބު ވަނީ ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސްކަން ވެސް ކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް