ވިހެއުމަށްފަހު އެއްލައިލި ކުއްޖާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަނީ

އދ. ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެ ރަށުގެ ކުނިގޮނޑަށް އެއްލާލާފައި އޮތް ތުއްތު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވައިލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ޕޯސްޓްމޯޓަމް ހެދުމަށް އެ ކުއްޖާގެ ހަށިގަނޑު އިއްޔެ އިންޑިއާއަށް ފޮނުވާލާފައިވާ ކަމަށެވެ.
މި މަހުގެ ތިން ވަނަ ދުވަހު ހެނދުނު ދިގުރަށު ކުނިގޮނޑުން އެ ކުއްޖާ ފެނުނު އިރުވެސް އޮތީ މަރުވެފައެވެ. އެ ކުއްޖާ ފެނުނީ އެ ރަށުގެ ކުނިގޮނޑުގައި މަސައްކަތް ކުރާ މުވައްޒަފަކަށެވެ.
އެ މައްސަލައާ ގުޅިގެން، އަވަށްޓެރި ލަންކާއަށް ނިސްބަތްވާ އެ ކުއްޖާގެ މަންމަ ވަނީ ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. އެއީ ސްރީ ލަންކާ އަންހެނެކެވެ. އޭނާ ހައްޔަރު ކުރީ ފުރަން އެއާޕޯޓަށް ގޮސް ހުއްޓައެވެ.