ޤާނުނުގައި ބުނާ ޢަދަދަށްވުރެ އިތުރަށް ރާއްޖޭގައި ބަންގްލަދޭޝްގެ މަސައްކަތްތެރިން ނެތް: އިޙްސާން
ޤާނުނުގައި ބުނާ ޢަދަދަށްވުރެ އިތުރަށް ރާއްޖޭގައި ބަންގްލަދޭޝްގެ މަސައްކަތްތެރިން ނެތްކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން އިއްޔެ ނެރުއްވި އިޢުލާނެއްގައި ވަނީ، ރާއްޖެއަށް އަލުން ބަންގްލަދޭޝްގެ، އަންސްކިލްޑް ލޭބަރުން ގެނައުމުގެ ހުއްދަ ދޭން ނިންމަވާފައެވެ. އަދި އެހެން ޤައުމުތަކުން ރާއްޖެއަށް ބިދޭސީން ގެނައުން މަޑުޖައްސާލުމަށް ވަނީ އަންގަވާފައެވެ.
2020ވަނަ އަހަރު ސެޕްޓެމްބަރު މަހު ޤާނުނަށް ގެނެސްފައިވާ އިސްލާހުގައި ވާގޮތުން، ރާއްޖޭގައި ލޭބަރުންގެ ގޮތުގައި މަސައްކަތްކުރުމަށް އެއް ޤައުމަކުން އެންމެ ގިނަވަގެން އެތެރޭވެވޭނީ 1 ލައްކަ މީހުންނެވެ. އެ ޢަދަދު ހަމަވެފައިވާތީ، ބަންގްލަދޭޝްގެ ރައްޔިތުން ވަޒީފާގެ ބޭނުމުގައި ރާއްޖެ އެތެރެވުން އޭރު އޮތީ މަނާކޮށްފައެވެ.
އެހެންކަމުން އަލުން ބަންގްލަދޭޝްގެ ލޭބަރުންނަށް ހުއްދަ ދިނުމުގައި ޤާނޫނީ އިމުން ބޭރުން އެކަން ކުރަމުންދާކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. މިކަން ސާފުކޮށްދެއްވައި ވާހަކަދައްކަވަމުން، ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވީ ބަންގްލަދޭޝްގެ މަސައްކަތްތެރިންނަށް ހުއްދަ ދޭން ނިންމީ، ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިން ތިބި ޢަދަދުތައް ރަނގަޅަށް ބެއްލެވުމަށްފަހުކަމަށެވެ.
ވަޒީރު އިޙުސާނު ވިދާޅުވީ ރާއްޖޭގައި މިވަގުތު ތިބީ ބަންގްލަދޭޝްގެ، 90624 މަސައްކަތްތެރިންކަމަށެވެ. މި މަޢުލޫމާތު އެއްކޮށްފައިވަނީ އިމިގްރޭޝަންގެ ބޯޑަރ ކޮންޓްރޯލް ނިޒާމުގެ ތެރެއިންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ކަމާގުޅުންހުރި އިދާރާތަކުން ނެރޭ އެކިއެކި ތަފާސްހިސާބުތަކާއި މަޢުލޫމާތުގައި ހިމަނާފައިހުންނަނީ، މަސައްކަތްތެރިންގެ ގޮތުގައި ރެޖިސްޓަރކޮށް ރާއްޖެއަށް މީހުން އެތެރެވާ މީހުންގެ ޢަދަދުތައްކަމަށެވެ. ރާއްޖެއަށް އުސޫލުގެ ތެރެއިން މީހުން އެތެރެކުރިނަމަވެސް، ވަރަށް ގިނަ މީހުންނަކީ ގަވައިދުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަނުކުރާ މީހުންކަމަށާ، އަދި ބިދޭސީން ރާއްޖެ ދޫކޮށް ދިއުމުންވެސް އެމީހުން ރާއްޖެ ގެންނަ މީހުން، އެ މަޢުލޫމާތު ރެޖިސްޓަރ ކުރަން ހުށަނާޅާކަމަށް ވަޒީރު ވިދާޅުވިއެވެ.
"ލީގަލްކޮށްވިއަސް އިލީގަލްކޮށްވިއަސް ރާއްޖޭގައި ތިބި ޖުމްލަ ޢަދަދަކީ 90624 ބަންގްލަދޭޝަން މީހުން. އެއީ ޤާނުނު ބުނާ އަދަދަށްވުރެ މަދު އަދަދެއް. އެހެންވީމަ މިހާރު ދީފައިވާ ހުއްދައަށް އަދި ޤާނޫނަށް ފުށުނާރާ." ވަޒީރު ޢަލީ އިޙުސާނު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ބިދޭސީއެއް ރާއްޖެއިން ވަޒީފާ ދޫކޮށް ފުރައިގެން ދިޔަނަމަވެސް އޭނާގެ އެމަޢުލޫމާތު އަޕްޑޭޓްނުކުރާހާ ހިނދަކު ސިސްޓަމުން ދައްކާނީ އެއީ ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ރެޖިސްޓަރ ކޮށްފައިވާމީހެއްގެ ގޮތުގައިކަމަށެވެ. ބިދޭސީންގެ ކަންކަން ގަވައިދުން ބަލަހައްޓަނީ ގާތްގަނޑަކަށް %50 މީހުންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އެހެންކަމުން މި ދާއިރާ ހަރުދަނާކުރުމަށް އިތުރަށް މަސައްކަތް ކުރަން ޖެހޭކަމަށާ، ބިދޭސީންނާ ގުޅޭކަންކަން ހަރުދަނާކުރަން މުހިންމު މަސައްކަތްތަކެއް ފަށްޓަވާނެކަމަށްވެސް ވަޒީރު އިޙުސާނު ވަނީ ވިދާޅުވެފައެވެ.
ބަނަގާޅީންނަކީ ވަގު ކޯޓާ އެންމެ ބޮޑު އަގުގައި ހޯދާ މީހުން. ވިސާ ނުދައްކާ ފިލައިގެން އުޅޭ ކޮންމެ މީހަކަށް މަހަކު އެވްރެޖުކޮށް 1000 ޑޮލަރު ރަށަށް ފޮނުވޭ. ވީމާ ރަށުގައި ތިބި ތިމާގެ މީހުން ރާއްޖެ ގެންނާން ވިއްސަކަށްހާސް ރުފިޔާ ޚަރަދު ކުރާން އެމީހުން ތިބެނީ އަބަދުވެސް ތައްޔާރަށް.
ކަލޭގެ ފިހާރަތަކަށް ބަންގާޅީން ބޭނުންވީދޯ. ހުސްވެސް މަކަރު ވެރިން.
މާލޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބަންގާޅުން ހޯދާ އެމެން ހައްޔަރުކޮށް އަދި އެމެން ރަށަށް ފޮނުވާލުމަށް ޓަކައި ފުލުހުުން އެފަދަ އެއްވެސް މަސައްކަތެއް ކުރާ ތަން ނުފެނެއޭ އަދި ވެސް މަޖީދީމަގު ޒިކްރާ މިސްކިތް ކުރިމަތީގައި އެމެން އެބަތިބޭ ހީނާމާގެ ޕާރކިންގް ޒޯން ގައި ވެސް އެމެން އެބަތިބޭ ހުރިހާ ފެރީއަކުން އެމެންނަށް ވާރކްޕާރމިޓް ކާރޑު ނުދައްކާ ދަތުރުކުރެވޭ ބަހުން ވެސް ދަތުރުކުރެވޭ ތިލަފުށި ހުޅުމާލޭގައި 10 ހާސް މީހުން އެބައުޅޭ މިގޮތަށް ކޮންކަމެއްތޭ ތަ ވަޒީރު ކުރަނީ ނުކުރޭދޯ އެއްވެސް ކަމެއް…