Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މާލެއިން އެއަރޕޯޓަށް ދަތުރެއް 115 ރުފިޔާއަށް, މިކަން ހުއްޓުވަން ޖެހޭ!

މާލެއިން އެއަރޕޯޓަށް ދަތުރެއް 115 ރުފިޔާއަށް, މިކަން ހުއްޓުވަން ޖެހޭ!
މާލެ ސަރަހައްދުގައި ޓެކްސީ ދުއްވާ ފަރާތްތަކުން ހިތުހުރި އަގެއް ނަގާ މައްސަލަ ބޮޑުވެއްޖެއެވެ. މިހާރު ޓެކްސީތަކަށް އެއަރޕޯޓްގެ ޑޮމެސްޓިކް ޓާމިނަލްއާ ހަމައަށް މަޑު ކުރުމަށް ވަނީ ހުޅުވާލާފައެވެ. އެއާއެކު ޓެކްސީ ޑްރައިވަރުން އަންނަނީ އިންޓަރނޭޝަލް ޓާމިނަލް ކައިރީ މަޑު ނުކޮށް ޑޮމެސްޓިކް ޓާމިނަލް ކައިރިއަށްދާނަމަ އިތުރު 30 ރުފިޔާ ނަގަމުންނެވެ. އަދި ފޮށި އަރުވާނަމަ އިތުރަށް 15 ރުފިޔާ ނަގައެވެ. އެއާއެކު ޤަވާއިދުގައި ބުނާ މާލެއިން ހުޅުމާލެެއަށް ކުރާ ދަތުރަށް ނަގަން ޖެހޭ 70 ރުފިޔާގެ ބަދަލގުައި މިހާރު 115 ރުފިޔާ ދައްކަން ޖެހެއެވެ. އޭގެ އިތުރުން އެއަރޕޯޓްގައި މަޑުކޮށްގެން އޮންނަ ޓެކްސީ ޑްރައިވަރުން އަންނަނީ ވެއިޓިން ފީ އެކޭ ބުނެ, އެ ފަރާތްތަކުން ދަތުރެއް ނުލިބި އެއަރޕޯޓް ކިއުގައި އޮންނަ ވަގުތަށް ވެސް ޗާޖް ކުރަމުންނެވެ. އެގޮތަށް 15 ރުފިޔާއާއި 25 ރުފިޔާއާ ދެމެދުގެ އަގެއް ނަގަނެއެވެ. ޕެޓްރޯލްގެ އަގު ވެސް ދަށްވެފައިވާ މިދަނޑިވަޅުގައި ޓެކްސީ ޑްރައިވަރުން ޤާނޫނުގައި ބުނާ ވަރަށް ވުރެ ބޮޑުކޮށް ދަތުރު ކުރާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. 2022 ވަނަ އަހަރު ޕެޓްރޯލްގެ އަގު ބޮޑުވުމާއި ގުޅިގެން ޓެކްސީ ދަތުރުތަކުގެ އަގު ސަރުކާރުން ވަނީ ބޮޑު ވެސް ކޮށްދީފައެވެ. ޓެކްސީ ދަތުރުތަކުގައި ބޭނުން ކުރާ އެޕްތަކުން ނަގާ ޓެކްސީ އިން ވެސް ދަނީ ބޮޑެތި އަގުތަކެއް ނަގަމުންނެވެ. އަދި އެއީ އެޕްއިން ކަނޑައަޅާ އަގުތަކެއް ކަމަށް ބުނެއެވެ. ނަމަވެސް އެގޮތަށް އަގު ބޮޑުކޮށް ދަތުރު ނުކުރެވޭނެ ކަމަށް "ދެން"އަށް މިފަދަ އެޕްލިކޭޝަންގެ އޮފިޝަލެއް ވަނީ މައުލޫމާތު ދީފައެވެ. ޓެކްސީގެ އަގުތައް

- މާލެ، ހުޅުމާލެ އެތެރޭގެ ދަތުރުތަކަށް، 30ރ.

- މާލެ- ހުޅުމާލެ ފިޔަވަހި އެކަކަށް، 85ރ.

- މާލެ- ހުޅުމާލެ ފިޔަވަހި 2 އަށް 100ރ.

Advertisement
Ooredoo — Square (box)

- މާލެ- ހުޅުލެ އަށް 70ރ.

- ހުޅުމާލެ ފިޔަވަހި 1 އިން ހުޅުލެ އަށް 80ރ.

- ހުޅުމާލެ ފިޔަވަހި 2 އިން ހުޅުލެ އަށް 85ރ.

- ހުޅުމާލެ ފިޔަވަހި 1 އިން ހުޅުމާލެ ފިޔަވަހި 2 އަށް 40ރ.

މި އަގުތަކަށްވުރެ އިތުރަށް ޓެކްސީ ޑްރައިވަރުން އެދުނު ކަމަށް ވެސް ޤަވާއިދު ބުނާ ގޮތުން ދައްކާކަށް ނުޖެހެއެވެ. ކަނޑައެޅިފައިވާ އަގަށްވުރެ ބޮޑުކޮށް ޓެކްސީ ކުރާނަމަ މިކަމާ ގުޅޭ ޝަކުވާތައް ފުލުހުންގެ ވައިބަރ ނަންބަރު 9926091 އާއި 9888999އާއި ޙިއްސާ ކުރުމަށް ފުލުހުން މީގެ ކުރިން ވަނީ އެދިފައެވެ. އިތުރަށް އަގު ނަމާނަމަ އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅޭ ކަމެކެވެ. މި ޤަވާއިދުގައި ބުނާގޮތުން އަގު ބޮޑުކޮށް ދަތުރުކުރާނަމަ 750 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް