ރަސްމާލެ ތަރައްގީ ކުރުމުގެ ޕްލޭން އަދި ނުނިމޭ

ފުށިދިއްގަރުފަޅު ހިއްކައިގެން "ރަސްމާލެ" ގެ ނަމުގައި މުޅިން އާ ޝަހަރެއް ބިނާކުރަން ކުރިއަށް ގެންދާ މަޝްރޫއުގެ ޕްލޭން އަދި މުޅި އެކު ކަނޑައެޅިފައިނުވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
ރޭ ޕީއެސްއެމްގެ ''ރާއްޖެ މިއަދު'' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޠާރިޤު އަޙުމަދު ވިދާޅުވީ، ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ގްރޭޓާ މާލެ ސަރަހައްދުގައި ދިރިއުޅޭއިއިރު ގޯތި ގެދޮރުގެ އަގުތައް ތިރިކުރުމަކީ ހުރިހާ ސަރުކާރަކުންވެސް ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށެވެ.
ނަމަވެސް އެކަން އަދި މިހައިތަނަށް ވެފައިނުވާކަން ފާހަގަކުރަމުން ތޯރިގު ވިދާޅުވީ ގޯތި ގެދޮރުގެ އަގުތައް ދިރިކޮށްލެވިއްޖެނަމަ ރައްޔިތުންނަށް ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ލިބިގެންދާނެ ކަމަށެވެ.
އެއަށްފަހު، އޭނާ ވިދާޅުވީ ރަސްމާލޭ މަޝްރޫއުގެ ސަބަބުން އެންމެ ބޮޑު އުއްމީދަކީ އަތްފޯރާ ހިސާބަށް ގޯތި ގެދޮރުގެ އަގުތައް ތިރިކުރުން ކަމަށެވެ. ރަސްމާލެ މަޝްރޫއު އެހާ ބޮޑު މަޝްރޫއުއަކަށްވެގެންދާ ސަބަބަކީ އެއީ ކަމަށް ވިދާޅުވިއެވެ.
[caption id="attachment_207685" align="aligncenter" width="1024"]
ތޯރިގު، މިނިސްޓަރު ސައީދު އަރިހުގައި[/caption]
ރަސްމާލޭ ހިއްކާ ތަރައްގީ ކުރުމަށް ސަރުކާރުން ގެންގުޅޭ ޕްލޭނަކީ ކޮބައިތޯ އެ ޕްރޮގްރާމް ގައި ސުވާލުކުރުމް ތޯރިގު ވިދަޅުވީ އެންމެ ފުރިހަމަ ތަސައްވަރެއް އަދި ނެތް ކަމަށެވެ.
''އަދި އަޅުގަނޑުމެންނަކަށް އެންމެ ފުރިހަމަ ތަސައްވަރެއް އަދިއެއް އަޅުގަނޑުމެންނަކަށް ނުދެވޭނެ'' ނަމަވެސް ދުރު ތަސައްވަރަކީ ގްރޭޓާ މާލޭ ސަރަހައްދަށް ދިމާވެފައި އޮތް ގޯތިގެދޮރުގެ ދަތިކަން ނުވަތަ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުން ކަމަށެވެ.
ޠާރިޤު ވިދާޅުވި ގޮތުގައި އެ ޝަހަރުވެގެންދާނީ އެތަނުގައި ދިރިއުޅެން ބޭނުންވާ ހުރިހާ ބަޔަކަށް ފަސޭހައިން ބޯހިޔާވަހިކަން ލިބޭނެތަނެއްގެ ގޮތުގައި ކަމަށާއި، އެ މީހަކަށް ލިބޭ އާމްދަނީގެ ނިސްބަތުން ބޯހިޔާވަހިކަން ލިބޭ ތަންތަން ހުންނާނެ ކަމަށެވެ. ތޯރިގު ވިދާޅުވި ގޮތުންނަމަ ރަސްމާލެ ތަރައްގީ ވެގެންދާނީ ''ނަމޫނާ'' ސިޓީއެއްގެ ގޮތުގައެވެ.

ދިވެހިރާއްޖޭގައި އަދި މިހާތަނަށް އެއްވެސް ސިޓީއެއްގައި ނެތް ވަރަށް ތަފާތު ހިދުމަތްތައް އެ ތަނުން ލިބެން ހުންނާނެ. އެ ހިދުމަތްތައް ލިބެން ހުންނާނީ ފަސޭހަކަމާއި އެކު، އަދި އެ ހިދުމަތްތައް އެތުރިފައި ހުންނާނީ މިހާރު ތަރައްގީ ކުރެވިފައި ހުރި ތަންތަނުގައި ދިމާވެފައި ހުރި މައްސަލަތަކަށް ހައްލު ގެނެސް އެ މައްސަލައް ހައްލު ކުރެވޭ ގޮތަށްއެ ތަން ވެގެން ދާނީ ދުނިޔޭގެ ކުރިއަރާފައި ހުރި ސިޓީތަކުގައި ހުރި މައްސަލަތަކަށް ބެލުމަށް ފަހު އެ މައްސަލަތައް ހައްލު ލިބޭ ގޮތަށް ފުރިހަމަ ސިޓީއެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވިއެވެ. ތޯރިގު ވިދާޅުވި ގޮތުގައި އެތަނުން ހުރިހާ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ހިދުމަތްތައް ލިބޭނެއެވެ.

ކޮމެންޓް