ޚަބަރު

ރައީީސް މުޢިއްޒު ރައީީސް ވަޙީދާއި ބައްދަލުކުރައްވައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ކުރީގެ ރައީސް ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަންއާ ބައްދަލުކުރައްވައިފިއެވެ.

Ads by MWSC

މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ސިޔާސީ އަދި އިޖުތިމާޢީ ކަންކަމާ ގުޅޭގޮތުންނާއި ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާއި ޤައުމާއި ރައްޔިތުންގެ ލާބައަށް ކުރެވޭ އެހެން މަސައްކަތްތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ރައީސް މުޢިއްޒު އިއްޔެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި ވެސް ބައްދަލުކުރެއްވިއެވެ. ދެ ރައީސުން މަޝްވަރާ ކުރެއްވީ، ރާއްޖޭގެ ސިޔާސީ، އަދި އިޖްތިމާޢީ ކަންކަމާއި ގުޅޭގޮތުން ކަމަށް ރައީސް އޮފީހުން އިއްޔެ ބުންޏެވެ. މީގެ ކުރިންވެސް ރައީސް މުޢިއްޒު ވަނީ، ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި، ރައީސް އޮފީހުގައި މަޝްވަރާ ކުރައްވައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!