Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކުޑަހުވަދޫ އާއި މަހިބަދޫގައި އިސްލާމިކް ބޭންކުގެ ސޭލްސް ސެންޓަރެއް ހުޅުވައިފި

ކުޑަހުވަދޫ އާއި މަހިބަދޫގައި އިސްލާމިކް ބޭންކުގެ ސޭލްސް ސެންޓަރެއް ހުޅުވައިފި

ދ. ކުޑަހުވަދޫ އާއި އދ. މަހިބަދޫގައި މޯލްޑިވްސް އިސްލާމިކް ބޭންކު (އެމް.އައި.ބީ)ގެ ސޭލްސް ސެންޓަރ ހުޅުވައިފިއެވެ.

މިއަދު ބޭއްވި ކުޑަހުވަދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ކުޑަހުވަދޫ ސޭލްސް ސެންޓަރު ހުޅުވައިދެއްވީ ކުޑަހުވަދޫ ކައުންސިލްގެ ރައީސް އިބްރާހީމް ފިކުރީއެވެ.

ހަމަ އެހެންމެ މައިބަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މަހިބަދޫ ސޭލްސް ސެންޓަރު ހުޅުވައިދެއްވީ މަހިބަދޫ ކައުންސިލްގެ ރައީސް ރަޝާދު އަލީ އެވެ.

Advertisement
Ooredoo — Truecaller (box)

އެމްއައިބީން ބުނީ މި ސެންޓަރުތަކުން ފައިސާ ޖަމާކޮށް ނެގުމުގެ ޚިދުމަތް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން މި ސެންޓަރުތަކުން ލިބޭ ޚިދުމަތް ފުޅާކުރުމަށް މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމަށް އެމްއައިބީން ބުނެފައި ވެއެވެ.

އެމްއައިބީގެ ގިނަ ޚިދުމަތްތައް މިހާރުވެސް އޮންލައިންކޮށް 'އެޕްލައިނައު' މެދުވެރިކޮށް ލިބެން ހުރި ނަމަވެސް އެއްވެސް ދަތިކަމެއް ނުވަތަ އެހީއެއް ބޭނުންފުޅުނަމަ މި ސެންޓަރުގެ މުވައްޒަފުންގެ އެހީ ހޯދޭނެ ކަމަށް އެ ބޭންކުން ބުނެފައި ވެއެވެ.

އެމްއައިބީން ބުނީ ކުރިއަށް އޮތްތަނުގައި މިފަދަ ސަރވިސް ސެންޓަރުތައް ރާއްޖޭގެ އެހެން ރަށްތަކުގައި ހުޅުވުމުގެ މަސައްކަތް އެ ބޭންކުން މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް