ހަސަންގެ ތުހުމަތެއް އާޒިމަށް: ހޮވުނީމަ އެމްޑީޕީގައި ނުހުންނަނެ

މާލެ ސިޓީގެ މޭޔަރުގެ މަގާމަށް އާދަމް އާޒިމް އިންތިހާބު ވެވަޑަަައިގެންނެވި ނަމަވެސް އެ ޕާޓީ ގަައި ނުހުންނަވާނެ ކަމަށް ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ހަސަން މިހެން ވިދާޅުވީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއް ގައެވެ.
އެމްޑީޕީގެ މަޖިލީސް 13 މެންބަރަކު ރޭ ކޮންގްރެސް ޕާޓީއާ ގުޅިފައި ވަނިކޮށް ހަސަން ވިދާޅުވީ މި ފެންނަ މަންޒަރުތަކުން އެމްޑީޕީގެ ޓިކެޓުގައި އާދަމް އާޒިމް ހޮވުނު ނަމަވެެސް އެމްޑީޕީ ގައި އޭނަ ވެސް ހުންނާނެ ކަމަށް ބެލުމަކީ މޮޔަ ކަމެއް ކަމަށެވެ.
އާޒިމް އެމްޑީޕީއަށް ސޮއި ކުރެއްވީ ވެސް މޭޔަރު ޓިކެޓް ބޭނުންވެގެން ކަމަށް ހަސަން ތުހުމަތު ކުރެއްވިއެވެ. އަދި ވިދާޅުވީ އާޒިމްގެ ގުޅުންތައް ހުރީ އޭނާގެ ބޭބެ، ކާނަލް ނާޒިމާ އެކު ސަރުކާރު ގައި ކަމަަށެވެ.
މޭޔަރު ކަމުގެ އިންތިޚާބުގައި ހަސަން ރައީސްކަން ކުރައްވާ ޑިމޮކްރެޓްސްގެ ފަރާތުން ވެސް ވާދަ ކުރައްވައެވެ.
ޑީމޮކްރަޓިކްަް ސް އިން ސޮރަކު ނެރޭއިރު ދައްކަނީ މޮޔަ ވާހަކަތަކެއް.މާލޭގަ ބިން ހުސް ނުކޮށް ހުންނަންޖެހޭ.މާލޭގެ ރައްޔިތުންނަށް އިތުރު ބިން ހޯދަންޖެހޭ. މިކިޔަނީ މާލޭގަ ހުރި ބިންކޮޅު ބަހާލައިގެން މަންފާ ނަގާ ވާހަކަ. މިހާރު އެސްޓީއޯ ގުދަންތަކަކީ މުސްތަގުބަލަށް ދަވްލަތަށާ މާލޭގެ ތަރައްގީ އަށް މުހިންމު ބިންތަކަކަށްވާއިރު ބަހާ ހުސް ކިރާވާހަކަ ކިއުމަކީ ތަސައްރަފު ނުފުދޭކަން.