Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މަޖިލީސް އިސްލާހުކުރުން އަވަސްކުރުމަށް އަމްރު ގޮވާލައްވައިފި

މަޖިލީސް އިސްލާހުކުރުން އަވަސްކުރުމަށް އަމްރު ގޮވާލައްވައިފި

ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭނެ ގޮތަށް ކަނޑައެޅުމާއެކު ރައްޔިތުންގެ މަޖިލީހަށް ގެންނަންޖެހޭ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސެން އަމްރު މުހައްމަދު ރަޝާދު ކުރިން ވެސް ހިއްސާކުރެއްވި ހުށަހެޅުންތައް ތަކުރާރުކުރައްވައިފިއެވެ.

އެމްޑީޕީގެ 13 މަޖިލީސް މެމްބަރަކު ޕާޓީ ބަދަލުކުރުމާ ގުޅިގެން އަމްރު ލިޔުއްވާފައިވާ ލިޔުއްވުމެއް އޭނާވަނީ ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވާފައެވެ.

އަމްރު ވިދާޅުވީ މިރޭ އިހުސާސްކުރެވެނީ ހިތާމަވެރި މޮޅިވެރި އިހުސާސެއްކަމަށެވެ.

Advertisement
HDC — Sidebar (box)

 "އުމުރުން އެންމެ ޅައިރުން ފެށިގެން، އެމްޑީޕީ އުފެދުމުގެވެސް ކުރިން އެ ފިކުރަށް ތާއީދުކޮށް އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީގެ ޤައުމީ މަޖިލިސްގެ މެންބަރެއްގެ ގޮތުގައި 13 އަހަރު ހޭދަކޮށް އަދި ޕާޓީގެ ސިޔާސަތު އެކުލަވާލުމުގެ މަސައްކަތުގައި 13 އަހަރު މަސައްކަތްކުރެވި، ޕާޓީއަށްޓަކާ މުޒާހަރާތަކުގެ ކުރީސަފުގަ ހުރެ، 33 ދުވަސް ވަންދެން ދޫނިދޫ ޖަލުގޮޅީގަވެސް ހޭދަކޮށްދީފަވާ ޕާޓީއިން މިރޭ އެޕާޓީގެ 13 މެންބަރުން ނިކުމެގެން ގޮސް ވެރިކަމުގަ މިވަގުތު އޮތް ޕާޓީއާ ގުޅުނު ޚަބަރު ލިބުމުން ހިތާމައިގެ ފުންނޭވާއަކަށް ފަހު އަނެއްކާވެސް ވިސްނާލެވުނީ މީ މީހުންގެ މައްސަލައެއް ނޫނޭ." ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ޑެމޮކްރޭޓްސްގެ ފަރާތުން ރަނިންގމޭޓެއްގެ ގޮތުގައިވެސް ވާދަކުރެއްވި އަމްރު ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވީ ޕާޓީއެއްގެ ފަރާތުން މަޖިލިހަށް ހޮވޭ މީހަކު މަޖިލިހުގެ ދައުރު ހަމަވަންދެން ހުންނަން ޖެހޭނީ އެ ޓީއެއްގައިކަމަށް ކަނޑައަޅާ އެ އިސްލާހު ޤާނޫނު އަސާސީ އަށް އަވަހަށް ގެންނަންޖެހޭ ކަމަށެވެ.

އަމްރު ވިދާޅުވީ މާލެއަށް ބެލިކަމުގައި ވިޔަސް، މާލޭގަ 13 ދާއިރާ އަށް ވަކިވަކިން މީހުން ހޮވުމުގެ ބަދަލުގައި މުޅި ގްރޭޓާ މާލެ އިން 13 ގެ ބަދަލުގައި 10 މެންބަރުން ހޮވުމަކީ މަޖިލިހުން ކުރަން ޖެހޭ މަސައްކަތް ކުރުމަށް އެންމެ އެކަށޭނެ އަދަދެއްކަމަށެވެ.

އަދި އެއީ މިހާރު މަޖިލިހުގެ މެންބަރުން ކޮންމެ 5 އަހަރަކުން އިތުރު ވަމުން ދާ ދިޔުން ހުއްޓުމަކަށް ގެނެސް މަޖިލިހުގެ މެންބަރުންގެ އަދަދު ދަށްކޮށް ދައުލަތުގެ ޚަރަދުވެސް ކުޑަ ވެގެންދާނެ ކަމެއްކަމަށެވެ.

"އެމްޑީޕީއަށް މި ހިތާމަވެރި ދަނޑިވަޅުގައި ނާކާމިޔާބީގަ ހިތްވަރު ގަދަކޮށް، އަދިވެސް މަޖިލިހުގެ މޮޖޯރިޓީ އޮއްވާ މަޖިލިހަށް ގެންނަން ޖެހޭ މި ބަދަލުތައް ގެނައުމަކީ އެމްޑީޕީ އާއްމު މެންބަރުންނަށް ހިތްވަރު ލިބި ރައްޔިތުންގެ ލޯބި އަލުން އަނބުރާ ހޯދުމަށް ލިބޭ ފުރިހަމަ ފުރުސަތެއްކަމުގައި ދެކެން." އަމްރު ވިދާޅުވެފައިވެއެވެ. 

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް