ކުޅުދުއްފުށީ އެއާޕޯޓަށް ފުރަން ދިޔަ މީހެއްގެ އަތުން ވަޒަނެއް ފެނިއްޖެ

ހދ. ކުޅުދުއްފުށީ އެއާޕޯޓަށް ފުރަން ދިޔަ މީހެއްގެ އަތުން ވަޒަނެއް ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވީ، ވަޒަން ފެނިފައިވަނީ ކުޅުދުއްފުށީ އެއަރޕޯޓަށް ފުރަންދިޔަ ދިވެހި އަންހެނެއްގެ ދަބަހުންކަމަށެވެ.
އަދި ވަޒަން ފެނުނުކަމަށްބުނެ މިއަދު ހަވީރު ފުލުހުންނަށް ކުރި ރިޕޯޓަކާގުޅިގެން އެޓެންޑްވެފައިވާކަމަށާއި، ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން މި މައްސަލަ ތަޙުޤީޤުކުރަމުންދާކަމަށެވެ.
މިކަމާގުޅިގެން އިތުރު ތަފްޞީލެއް ފުލުހުންވެސް އަދި އެމްއެންޑީއެފްއިންވެސް ދީފައެއްނުވެއެވެ.