ޚަބަރު ރައްޔިތުންގެ މަޖިލިސް

ވަޒީރުންނަށް ރުހުން ދިނުން އެޖެންޑާކޮށް، މިއަދު ކޮމެޓީ ބައްދަލުވުމެއް ބާއްވަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭގޮތުން ގޮތެއް ނިންމުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ބާއްވަން ތާވަލުކޮށްފިއެވެ.

Ads by Hajj Corporation

އެ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ހެނދުނު 11:00 ތާވަލު ކުރިއިރު، ވަޒީރުންގެ މަޖިލީހަށް އައްޔަނުކޮށްފައިވާ ބޭފުޅުންނަށް ރުހުން ނުދީ ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރު ނިންމައި ވަނީ ޗުއްޓީއަށް ގޮސްފައެވެ.

އެމްޑީޕީގެ 13 ‏‏މެމްބަރަކު ސަރުކާރު ހިންގާ ޕީއެންސީއަށް ސޮއި ކޮށްފައިވަނިކޮށް، އެ ކޮމިޓީގެ އަޣުލަބިއްޔަތު އެމްޑީޕީއަށް ވަނީ ގެއްލިފައެވެ.

މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް މިހައިތަނަށް ތިން ފަހަރަށް އިތުރުކޮށްފައިވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވަނީ ވަޒީރުންނަށް ރުހުން ދިނުމުގެ މަސައްކަތް ނުނިންމާ އަހަރުގެ ފަހު ދައުރުގެ އެންމެ ފަހު ޖަލްސާ ބާއްވައިފައެވެ.

ސަރުކާރުގެ 22 ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހަށް ފޮނުވީ 20 ނޮވެމްބަރު 2023 ގައެވެ.

އެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ފާސް ކުރި ނަމަވެސް ނިޒާމީ މައްސަލައަކާ ގުޅިގެން ރިޔާސަތުން ވަނީ އެ މައްސަލަ އަނބުރާ ކޮމިޓީ އަށް ފޮނުވައިފައެވެ. އޭގެ ފަހުން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލާގައި ކޮމިޓީ ބައްދަލުވުން ބާއްވާފައެއް ނުވެއެވެ.

ބާރަ މެމްބަރުން ތިއްބަވާ ކޮމިޓީގައި އޭރު އެމްޑީޕީގެ ހަތް މެމްބަރުން ތިއްބެވި ކަމުގައި ވިޔަސް، އެމްޑީޕީން މެމްބަރުންތަކެއް ވަކިވެވަޑައިގަތުމާއިއެކު، ދެން ތިއްބަވާނީ އެ ޕާޓީގެ ފަސް މެމްބަރުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!