ޔޫތު މިނިސްޓްރީން މިއަދު ބާއްވަން ނިންމި ކުޑަކުދިންގެ ހަވީރު ކެންސަލްކޮށްފި
![](https://dhen.mv/wp-content/uploads/2023/12/2F795FDF-6720-47BB-BB61-65BEFA988460-850x548.jpeg)
އައު އަހަރާ ގުޅުވައިގެން ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ބާއްވަން ނިންމި "ދިވެހީންގެ ރާއްޖެ ފެސްޓިވަލް 2024" ގެ ކުޑަކުދިންގެ ހަވީރު ކެންސަލްކޮށްފިއެވެ.
އެ މިނިސްޓްރީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މޫސުން ގޯސް ވުމުގެ ސަބަބުން މިއަދު ހަވީރު ހުޅުމާލެ ސެންޓްރަލް ޕާރކުގައި ބޭއްވުމަށް ނިންމާފައިވާ ”ދިވެހީންގެ ރާއްޖެ ފެސްޓިވަލް 2024“ ކުޑަކުދިންގެ ހަވީރު މިއަދު ނޯންނާނެ ކަމަށެވެ.
އަދި އެ ހަރަކާތްތައް މޫސުން ރަނގަޅުވުމުން ބާއްވާނެ ތާރީޚެއް އިއުލާން ކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.
މި ދުވަސްވަރަކީ ރާއްޖެއަށް ވަރަށް ބޮޑަށް މޫސުން ގޯސް ދުވަސްވަރެކެވެ.