ޚަބަރު

ތާވަލަށްވުރެ އަވަހަށް ފްލެޓްތައް ނިންމާ ހަވާލު ކުރާނަން: އެފްޑީސީ

މުޙައްމަދު އަރީޙް ، ދެން އޮންލައިން

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަން ފަށާފައިވާ 4،000 ހައުސިން ޔުނިޓުތަކުގެ މަސައްކަތް ކުރިޔަށް ދަނީ ޝެޑިއުލް ކޮށްފައިވާ ގޮތަށް ކަމަށާއި އެ ފްލެޓުތަކުގެ މަސައްކަތް ކުރިޔަށް އޮތް ތަނުގައި އަވަސް ވާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ.

Ads by Sosun Fihaara

އެފްޑީސީން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަމުންދާ 4000 ހައުސިން ޔުނިޓްގެ މަސައްކަތް ކުރިއަށް ދަނީ ހަމަޖެހިފައިވާ ޝެޑިއުލްއާ އެއްގޮތަށް ކަމަށެވެ. އެ ޔުނިޓުތައް ވީއެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ޔުނިޓުތަކުގެ ހައްގުވެރިންނާ ހަވާލުކުރުމަކީ އެކުންފުނިން އެންމެ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތް ކަމަށް ވެސް ބުންޏެވެ.

އެގޮތުން ބައެއް ޓަވަރުތަކުގެ މަސައްކަތް ޝެޑިއުލަށްވުރެ އަވަސް މުއްދަތެއްގެ ތެރޭގައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތްވެސް އެ ކޯޕަރޭޝަނުން ކުރަމުން އަންނަ ކަމަށް އެފްޑީސީން ބުންޏެވެ.

"ދެހާސް ތޭވީސް ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް މަސައްކަތް ހަލުވިކުރެވިފައިވާ ޓަވަރުތަކުގައި 31 ޝީޓް އަޅައި ނިންމާފައިވާއިރު މިއީ މި މަޝްރޫއުގައި މިހާތަނަށް ކުރިއަށް ގެންދެވުނު އެންމެ ހަލުވި ސްލެބް ސައިކަލްކަންވެސް ފާހަގަކޮށްލަމެވެ،" އެފްޑީސީން ބުންޏެވެ.

އެކުންފުނިން ބުނީ ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ރައްޔިތުންނަށް އެ ހައުސިން ޔުނިޓުތައް ހަވާލުކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރަމުންދާއިރ،ު އެ ކޯޕަރޭޝަނުގެ މަސައްކަތްތެރިން ސައިޓުތަކުގައި ތިން ޝިފްޓަކަށް ބަހާލައިގެން 24 ގަޑިއިރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މިހާރު މިކޯޕަރޭޝަނުން ކުރަމުން ދަނީ ޔުނިޓްތައް ހަވާލުކޮށް އެއްބަސްވުންތަކުގައި ސޮއިކުރުމަށް ތައްޔާރުވުމުގެ މަސައްކަތެވެ." ބަޔާނުގައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!