ޚަބަރު

ކުޅުދުއްފުށީ އެއާޕޯޓްގެ ޕެސެންޖާ ޓާމިނަލް ތަރައްގީކުރާނެ ބަޔަކު ހޯދަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ހދ. ކުޅުދުއްފުށީ އެއާޕޯޓްގެ ފަސިންޖަރުންގެ ޓާމިނަލް ތަރައްގީ ކުރާނެ ބަޔަކު ހޯދަން ރީޖަނަލް އެއާޕޯޓްސް ކުންފުނިން އިއުލާނުކޮށްފިއެވެ.

Ads by Sosun Fihaara

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްސީއެލް) އިން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއައިއޯ) ހުށަހެޅުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ކުޅުދުއްފުށީ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރޭގައި ހިމެނެނީ 11،345 އަކަފޫޓުގެ ޕެސެންޖާ ޓާމިނަލެއް ހެދުމާއި ފެސެންޖަ ޓާމިނަލް ސަރަހައްދުގައި ޝޭޑިންއެއްލުމާއި މިހާރު ބޭނުން ކުރަމުން އަންނަ ޓާމިނަލްގެ ސްޓްރަކްޗާ އަށް ގެންނަންޖެހޭ ބަދަލުތަށް ގެނައުމުގެ އިތުދަށް ޕެސެންޖަރުންނަށް ދޭ ހިދުމަތްތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ތަންތަން ގާއިމު ކުރުމެވެ.

އެ މަޝްރޫއަށް ޝައުގުވެރިވާ ކޮންސްޓްރަކްޝަން ކުންފުނިތަކުން، މި ޖެނުއަރީ މަހުގެ 9 ވަނަ ދުވަހުގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅަންޖެހޭނެ ކަމަށް އާރުއޭސީއެލް އިން މައުލޫމާތުދެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!