Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ބޯހިޔާވަހިކަމަށް ލިބޭ ބިމާއި އެކު ގެދޮރު އެޅޭނެ ގޮތްވެސް ހަމަޖައްސަަން ޖެހޭ: އާޒިމާ

ބޯހިޔާވަހިކަމަށް ލިބޭ ބިމާއި އެކު  ގެދޮރު އެޅޭނެ ގޮތްވެސް ހަމަޖައްސަަން ޖެހޭ: އާޒިމާ
ބޯހިޔާވަހިކަމަކީ ހަމައެކަނި ބިން ދިނުން ނޫން ކަމަށް މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ސަރުކާރުގެ ކެންޑިޑޭޓް އަދި ކުރީގެ ބަންޑާރަ ނައިބް އާޒިމާ ޝަކޫރް މިރޭ ވިދާޅުވެއްޖެއެވެ. އާޒިމާ އެހެން ވިދާޅުވީ ޕީއެސްއެމްއިން ކުރިއަށް ގެންދިޔަ މާލޭ މޭޔަރު ބަހުސްގައެވެ. ބޯހިޔާވަހިކަމާއި ގުޅޭ ގޮތުން ބަހުސްގައި ކުރި ސުވާލަށް ޖަވާބު ދެއްވަމުން އާޒިމާ ވިދާޅުވީ މިދިޔަ ސަރުކާރުން 17،000 ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ވައުދުވި ކަމަށެވެ. ނަމަވެސް ވެރިކަން ނިމިގެން ދިޔައިރުވެސް އެކަން އޮތީ ނުވެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރުން ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުއާ އެކު 65،000 މީހުންނަށް ބޯހިޔާވަހިކަން ލިބިގެންދާނެ ކަމަށާއި ސަރުކާރުން ވައުދުވި ގޮތަށް އެކަން ކުރިއަށްދާނެ ކަމަށް އާޒިމާ ވިދާޅުވިއެވެ. އާޒިމާ ވިދާޅުވި ގޮތުގައި ހަމައެކަނި ގޯތި ދިނުމުން ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލެ ނުލިބޭނެއެވެ. ''ބޯހިޔާވހިކަމުގެ މައްސަލަ އަކީ ހަމައެކަނީ ލޭންޑް ކުރިއެޓްކުރުމެއް ނޫން. ލޭންޑު ކްރިއޭޓްކޮށްފައި ގެދޮރު އާބާދުކުރެވޭނެ ގޮތަށް ފައިނޭންޝަލް ކެޕޭސިޓީ ރައްޔިތުންނަށް ދޭން ޖެހޭ'' އާޒިމާ ވިދާޅުވިއެވެ. މި ސަރުކާރުން ބޯހިޔާވަކަމަށް ހިންގާ މަޝްރޫއުއެއްގެ ގޮތުގައި އާޒިމާ އެ ވިދާޅުވާ މަޝްރޫއު އަކީ ފުށި ދިއްގަރު ފަޅު ހިއްކައިގެން ކުރިއަށްގެންދާ 'ރަސްމާލެ' މަޝްރޫއުއެވެ. ފުށިދިއްގަރުފަޅު ހިއްކަން ފަށާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.
ފުށިދިއްގަރު ފަޅު ހިއްކުމަކީ މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދެއްވުމަށް ރައީސް އެކަށައެޅުއްވި ޕްލޭނެކެވެ.
 ފުށިދިއްގަރު ފަޅުގައި ހިއްކާނީ 1،800 ހެކްޓަރުގެ ބޮޑު ބިމެކެވެ. އެ ބިންވާނީ ހުޅުމާލޭގެ ދެ ފިޔަވައްސަށްވުރެ ބޮޑު ބިމަކަށެވެ.  މަޝްރޫއުގެ ދަށުން ހިއްކާ ބިމުގައި ފުލެޓުތައް އަޅައި ފުލެޓު ދޫކުރުމުގެ އިތުރަށް ގޯތިވެސް ދޫކުރައްވާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެފައިވެއެވެ.
ފެށޭ ގޮތަށް ނުހުއްޓި ކުރިއަށްގޮސް އަށް މަސްދުވަހުގެ ތެރޭގައި 1،150 ހެކްޓަރުގެ ބިން ހިއްކައި ނިންމައިލެވޭނެކަމަށް މަޝްރޫއު ފައްޓަވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވެފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް