ޚަބަރު

އާޒިމާގެ ރައްދު ވަހީދަށް: ކުށުގެ ވެށި ހައްލުކުރެވޭނީ ކްރިމިނަލް ޖަސްޓިން ދަންނަ މީހަކަށް

އަލީ ސަމާޙް ، ދެން އޮންލައިން
މާލޭ މޭޔަރު ބަހުސް/ ފޮޓޯ: ޕީއެސްއެމް

މާލޭގެ ކުށުގެ ވެށި ހަމަޔަށް އެޅޭނީ ކްރިމިނަލް ޖަސްޓިސް އެނގޭ މީހަކަށް ވިދާޅުވެ ކުރީގެ ބަންޑާރަ ނައިބް އާޒިމާ ޝަކޫރް، ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދުއަށް މިރޭ ރައްދު ދީފައެވެ.

Ads by STELCO

މާލެ ސިޓީއަކީ އަމާންތަކަށް ހެދުމަށް ގެންގުޅޭ ތަސައްވަރަކީ ކޮބައިތޯ ބަހުސްގައި ސުވާލުކުރުން ހުސެއިން ވަހީދު ވަނީ މި ސަރުކާރުން ގޭންގުތަކުން ލާރި ނެގިކަމަށް ތުހުމަތުކޮށްފައެވެ. އެއަށް ފަހު ވިދާޅުވީ މާލޭގެ މަގުތައް އަމާންކޮށް ބޭއްވީ ޒުވާނުން ރިހެބިލިޓޭޓްކޮށް އަޅުން މުޖުތަމައަށް ގެންނާނެ ނިޒާމެއް ކަނޑައެޅިގެން ކަމަށެވެ.

'' ޒުވާނުން އެމްޕަވާ ކޮށްފިއްޔާ އަދި އެ ވިސްނުން ސަރުކާރުގެ ތެރޭގައި ހުރިއްޔާ ކުރެވިދާނެ. އަޅުގަނޑަށް އެނގޭނެ އެކަން ކުރަން'' ވަހީދު ވިދާޅުވިއެވެ.

ވަހީދަށް ރައްދު ދެއްވަމުން އާޒިމާ ވިދާޅުވީ ކުށުގެ ވެށީގައި ހުރި މައްސަލަތައް ހައްލުކުރެވޭނީ ކްރިމިނަލް ޖަސްޓިސް ދަންނަ މީހަކަށް ކަމަށެވެ.

''ޕޮލިސް ކޮމިޝަނަރަކަށް ހުރެގެން އަންޑަސްޓޭންޑް ނުވޭ'' ވަހީދަށް ރައްދު ދެއްވަމުން އާޒިމާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މައްސަލަ ހައްލުކުރެެވޭނީ ކުށްތައް ބަދަލުވާގޮތް ބަލައި އެކަން ދަސްކޮށްގެން ކަމަށެވެ.

''ކުށުގެ ވެށި ޖިއޮގްރަފީކޮށްވެސް ބަދަލުވޭ އެކަން ދަންނަ މީހުން ރާއްޖޭގައި ތިބީ އަޅުގަނޑުގެ ހައްލަކަށް ވާނީ ކުށުގެ ވެއްޓާ އެއްގޮތަށް މައްސަލަ ހައްލުކުރުން'' އާޒިމާ ވިދާޅުވިއެވެ.

ތަފާސް ހިސާބުތަކަށް އިޝާރާތްކުރައްވާ އާޒިމާ ވިދާޅުވީ ރާއްޖޭގައި މިހާރު އުމުރުން އަށްއަހަރުގައި ކުށްތަކަށް އަރައިގަންނަ ކަމަށެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!