Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އާޒިމާ ވިދާޅުވެދެއްވީ ސަރުކާރު ކެންޑިޑޭޓުން ހޮވަން ޖެހޭ ސަބަބު

އާޒިމާ ވިދާޅުވެދެއްވީ ސަރުކާރު ކެންޑިޑޭޓުން ހޮވަން ޖެހޭ ސަބަބު
އަންނަ ހޮނިހިރު ދުވަހު ބާއްވާ މާލެ ސިޓީ ބައި-އިލެކްޝަން ގައި ވާދަކުރާ ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓު ދޭން ޖެހޭ ސަބަބު، ޕީޕީއެމް/ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ކުރިމަތިއްލައްވާފައިވާ ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރް ވިދާޅުވެދެއްވައިފިއެވެ. ރޭ ބޭއްވި ކެމްޕޭނު ބައްދަލުވުމުގައި އާޒިމާ ވިދާޅުވީ، ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ރާއްޖެ ދަރުވާލައި، ދަރިންގެ މުސްތަގުބަލު ހަލާކުކޮށްލާފައިވާ ކަމަށެވެ. އަދި ގައުމުގެ އިޖުތިމާއީ ފޭރަންވެސް ހަލާކުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އާޒިމާ ވިދާޅުވި ގޮތުގައި މާލޭ ބައި-އިލެކްޝަން އިންތިހާބާ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ސަރުކާރަށް ކާމިޔާބު ކުރެވިއްޖެނަމަ ''ދިވެހިންގެ ރާއްޖެ'' އަށް ދިޔުމުގެ މަގުކޮށައި އަލިކުރެވޭނެވެ. އެހެން ޕާޓީއެއްގެ ބަޔަކު އިންތިހާބު ކޮށްފިނަމަ ތަރައްގީގެ ވިސްނުންތައް ހަލާކުވެ ގައުމިއްޔަތުގެ ވިސްނުން ދެބައިވެގެން ހިނގައިދާނެ ކަމަށް ވިދާޅުވިއެވެ. އާޒިމާ ވާހަކައަށް ހުރަސް އެޅުމުގެ ގޮތުން ސައިކަލަކުން ހުއްޓުމެއްނެތި އަޅަމުންދިޔަ ''ބަރުގޮނާ" އެކު އާޒިމާ ވިދާޅުވީ އޭނާގެ އަޒުމެއް ނުގުޑާނެ ކަމަށެވެ. ފާޑުކިޔުންތަކައް ބެލުމެއް ނެތީ ދާނީ ކުރިއަށް ކަމަށެވެ. އަދި އަޑުވެސް ކަނޑުވާނުލެވޭނެ ކަމަށް ތަކުރާރުކޮށް އާޒިމާ ވިދާޅުވިއެވެ.
'އަޅުގަނޑުމެން ފަށާފައިވާ ތަރައްގީގެ ދަތުރު ގައުމިއްޔަތުގެ ދަތުރު ދެބައިވިޔަ ތިބޭފުޅުން ނުދެއްވައްޗޭ، ދެކަފިވިޔަ ނުދެއްޗޭ، މާލެ އެއް ދިމާލަށް ގައުމު އަނެއް ދިމާލަށް ގެންގޮސްގެން އަޅުގަނޑުުމެންގެ މައްސަލަތައް ހައްލުނުވާނެ''
ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓު ދޭން ޖެހޭނީ ކީއްވެތޯ ވަރަށް ގިނަ މީހުން ސުވާލުކުރިމަތިކުރާކަން ފާހަގަކުރައްވަމުން އާޒިމާ ކިޔައިދެއްވީ އެ ސަބަބުތަކެވެ. ''އަޅުގަނޑުމެންނަކީ މި ގައުމު ދެކެ ލޯބިވާ ޓީމާށް ވާތީވެ އަޅުގަނޑުމެން ނުނިކުންނާން ގައުމު ހަލާކުކުރާކަށް، އަޅުގަނޑުމެން ނުނިކުންނާން ގައުމުގެ ހަރުމުދާ ވިއްކާކަށް، ގައުމިއްޔަތު ވިއްކާކަށް''  ފޯރި އާއި ޖޯޝުގއި ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވިއެވެ. ދެއްވި ޔަގީންކަމަކީ އަބަދުވެސް އިސްކުރައްވާނީ ގައުމުކަމެވެ. ސަރުކާރު ކެންޑިޑޭޓުން ތިބޭނީ ގައުމުގެ އިންތިކުގެ ތެރޭގައި ކަމަށް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް