ޚަބަރު

އަޅުގަނޑުގެ އަބަދުގެވެސް ވިސްނުމަކީ އެމްޑީޕީއާ ދެކޮޅުވުން: އާޒިމާ

އަލީ ސަމާޙް ، ދެން އޮންލައިން
މޭޔަރުކަމަށް ވާދަކުރައްވާ އާޒިމާ ޝަކޫރު/ ފޮޓޯ: ވަގުތު

ސިޔާސީ ގޮތުން އަބަދުވެސް ގެންގުޅޭ ފިކުރަކީ އެމްޑީީޕީއާ ދެކޮޅުވުން ކަަމަށް މާލޭގެ މޭޔަރުކަމަށް ޕީޕިއެމް ޕީއެންސީން ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބް އާޒިމާ ޝަކުރޫ މިރޭ ވިދާޅުވެއްޖެއެވެ.

Ads by MWSC

ސަންގު ޓީވީގެ ބަހުސްގައި ވާހަކަ ދައްކަވަމުން 2004 ވަނަ އަހަރު ސިޔާސީ ދާއިރާއަށް ނިކުމެވަޑައިގެންނެވި އާޒިމާ ވިދާޅުވީ އެމްޑީޕީއާ ދެކޮޅު ވަނީ ހަމައެކަނި އެ ޕާޓީގެ ވެރިންގެ މައްސަލައަކާއި ހެދި ނޫން ކަމަށެވެ.

އެއީ ރާއްޖޭގެ މިނިވަންކަމާއިވެސް ދެކޮޅު ވީމާ، އިސްލާމްދީން ނޫން އެހެން ދީންތައް ފުރުސަތުދޭތީވެ، އަދި ހަމައެއާއި އެކު ރާއްޖޭގެ ހަރުމުދާ ވިއްކާތީއާ

އާޒިމާ ވިދާޅުވީ ރާއްޖެއާ ދެކޮޅާށް ބަޔަކު ދައްކާ ވާހަކަ އޭނާ ނުވަތަ އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީން އެއްކޮޅަށް ވާހަކަ ނުދައްކާނެ ކަމަށެވެ.

އާޒިމާ ވިދާޅުވީ، ރާއްޖެގައި އޮތް މަލްޓި ޕާޓީ ޑިމޮކްރެސީގެ ދޫސްތޫރު އޮނިގަނޑުގެ ތެރެއިން މިނިވަން ކެންޑިޑޭޓުންނަށްވެސް އިންތިހާބުތަކުގައި ވާދަކުރެވޭނެ ކަމަށެވެ. ނަމަވެސް މާލޭގެ މޭޔަރު ކަމަކީ ދައުލަތުގެ އެންމެ މުހިއްމު މަސައްކަތް ކަމަށާއި އެ މަގާމު އަދާކުރަން ޖެހޭނީ ޒިންމާ އެނގޭނެ މީހަކު ކަމަށެވެ. މާލެ ސިޓީގެ މެންޑޭޓަކީ 'ތަންދޮރު' ނުދަންނަ މީހަކަށް ހަވާލުވެގެން ހިންގޭނެވަރު ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

''ތަންދޮރު ނުދަންނަ ދައުލަތް ހިނގާގޮތް ދައުލަތުގެ އޮނިގަނޑުތައް ނޭގޭ މީހަކަށް ކުރެވޭނެއެކޭ އަޅުގަނޑު ގަބޫލެއް ނުކުރަން. އެހެން މި ދަންނަވަނީ ސަބަބުތަކެއއް ހުރީމަ'' މާލޭ މޭޔަރުގެ ޒިނާމްތަކުގެ ތެރޭގައި މާލޭގެ ރައްޔިތުންގެ ނަމުގައި ނިންމަން ޖެހޭ ނިންމުންތަކެއް އެބަހުރި ކަމަށް ވިދާޅުވިއެވެ. ފައިނޭންޝަލް ގަވަނެންސް ކްރައިމް ކޮންޓޯލް ނޭގެ މީހަކަށް މާލޭގެ މޭޔަރުކަމުގެ  މަސްއޫލިއްޔަތު އަދާނުކުރެވޭނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ، މިހާރު ގާނޫނީ އޮތް އުސޫލުތަކުގެ ތެރެއިން ކައުންސިލްތައް ބާރުވެރިކުރުމަކީ މުހިއްމު ކަމެއް ކަމަށާއި، ސިވިލް ސާވީސްގެ މުވައްޒަފުން ކައުންސިލްތައް ބަލަހައްޓަން ތިބުމަކީ އޭގެ ތެރެއިން އެއް ކަމެއް ކަމަށް ވިދާޅުވިއެވެ. ނަމަވެސް ކައުންސިލްތަކުގެ މުވައްޒިފުންނަށް ސިވިލް ސާވެންޓުން ތިބުމުން އެތަންތަން ނުހިނގާ ކަމަށެވެ.

އެއް ނޫން ގާނޫނު ދަންނަ ހަމަޔަކީވެސް އެއް ނޫން ގާނޫނުގެ މަފްހުމަކީވެސް ، އިންސްޓިޓިއުނަލް ވިސްނުމުން ވިސްނާނަމަ ކައުންސިލްތަކަކީ މިނިވަން މުސްތަގިއްލު މުއައްސަސާތަކަށް ވާތީވެ އަމިއްލަ މުވައްޒަފުން ތިބޭނެ. އެއީ ދިވެހި ދައުލަތުގެ އުސޫލުތަކަކީ 

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ވިޝަންތަކަކާއި އެކުގައި ކަމަށާއި މޭޔަރުކަމަށް އިންތިހާބުވެވަޑައިގެންފިނަމަ ތަފާތު ދައްކަވާނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންނަ މެމްބަރެއް ނުވަތަ ކައުންސިލުގެ ތެރޭގައި ހުންނަ މެމްބަރަކު ތަމްސީލުކުރާ މީހުން ހިތްހަމް ނުޖެހެނާމަ އެ މީހަކު ވަކިކުރުމުގެ އުސޫލު ގާނޫނު އޮނިގަނޑު ތެރެއަށް ފެތެން ޖެހޭ ކަމަށެވެ.

އެއީ މަޖލީހަށް ވެސް ކައުންސިލަށްވެސް މިހާރު އެންމެ ބޮޑަށް ބޭނުންވާ އެއް ބަދަލުކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ވަކި މީހަކު ވަށައިގެން ޕާޓީތައް އުފެދެން ފެށުމަކީ ރާއްޖޭގެ ޑިމޮކްރެޓިކް އުސޫލުގައި އޮތް އެންމެ  ބޮޑު މައްސަލަ ކަމަށެވެ.  .

  1. ވަގުންނޭ

    ޗައިނާގެ އެހީގައި ހުޅުލޭ އިރުންއޮތް ތިލަފަޅު ބޭރުތޮށިން ފެށިގެން 500 މީޓަރު ހުޅަނގުގައި ބޮޑު ހިލަ ޖަހާ އެއީ ހުޅުލޭބައިނަލްއަގްވާމީ ބަނދަރަކަށް ހަދާ މިހާރު އޮތް ބަނދަރުގެ ބޭސިން ހިއްކާލާ އެތަނުގައި 1 ހެކްޓަރު ހުންނަ ވަރުގެ ކޮންކްރީޓް އިމާރާތް ތައް ކުރަންވީ 150 ބުރިއަށް އަދި ހުރިހާ ރިސޯރޓް ތަކުގެ މާލެ އޮފީސް ހަދަން އެތަނުން ކޮންމެ ފްލޯރ އެއް ރިސޯރޓަކަށް ވިއްކާލާނީ 10 މިލިއަން ޑޮލަރަށް އެއިރުން މާލެ އަށް ލުޔެއް ލިބޭނީ މިކަންކުރެވޭނީ ޗައިނާ އަށޭ

  2. ހައްގު

    މޑޕ އަކީ ގައުމުގެ ދުޟްމަނުން. ޚާއިނުން، ޕަޕެޓުން!