ޚަބަރު

އާޒިމާ ހޮވައިފިނަމަ މާލޭގެ ފެންބޮޑުވުމުގެ މައްސަލައަށް ހައްލު އަންނާނެ: ޝުޖާއު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މާދަމާ އޮންނަ މާލޭ ސިޓީގެ މޭޔަރުގެ އިންތިޚާބުގައި ސަރުކާރު ޕާޓީގެ ކެނޑިޑޭޓް, އާޒިމާ ޝަކޫރު ހޮވިއްޖެނަމަ މާލޭގެ ފެންބޮޑުވުމުގެ މައްސަލައަށް ދާމިއީ ހައްލެއް އަންނާނެ ކަމަށް ހުޅުމާލޭގެ ކައުންސިލް މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޝުޖާއު މިހެން ވިދާޅުވީ, ދައުލަތުގެ މީޑިއާގައި މިހާރު ކުރިޔަށްދާ އާޒިމާގެ ކެންޕެއިން ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން ވިދާޅުވީ, މާލޭގެ މަގުތައް ހަދާނީ ސަރުކާރާއި ސިޓީ ކައުންސިލާއި ގުޅިގެން ކަަމަށާއި މާލޭ ސިޓީގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ހޯދުމަކީ މި ސަރުކާރަށް މާ ބޮޑު ކަމެއް ނޫން ކަމަށެވެ.

ނަމަވެސް ސަރުކާރުން ކުރަން ބޭނުންވާ ކަންކަން އާން ބަސް ނުބުނާނެ މޭޔަރަކު ހުރެއްޖެނަމަ ކަން ކުރަން އުދަނގޫވާނެ ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ. ޝުޖާއު އިތުރަށް ވިދާޅުވީ, މާލޭ ސިޓީގެ މައްސަލަތައް ހައްލުކޮށްދޭން އިންވެސްޓްކޮށްދޭނެ ފަރާތްތައް އެބަހުރި ކަމަށާއި ނަމަވެސް އެކަންވާނީ ސަރުކާރަށް "ދުއްޕާން" ނުކުރާ ކައުންސިލެއް އޮވެގެން ކަމަށެވެ.

އެގޮތުން އެމްޑީޕީގެ ކެނޑިޑޭޓް މޭޔަރު ކަމަށް ހޮވިއްޖެނަމަ ސަރުކާރުގެ ޕްރޮޖެކްޓްތަކަށް އެއްބާރުލުން ނުދޭނެ ކަމަށާއި ސަރުކާރަށް ޖެއްސުން ކުރާނެ ކަމަށް ވިދާޅުވިއެވެ. އަދި އަބަދުވެސް އިދިކޮޅު މޭޔަރު އުޅުއްވާނީ ކަންކަން ވިޔަ ނުދޭން ކަމަށާއި, އެއީ ސަރުކާރަށް ނުވިޔޭ ބުނުވަން ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

Ads by Ooredoo
  1. ދޮށީބޭ

    އަވަހަށް ބަނގުލަދޭހުގެ މޭޔަރކަމަށް އާޒިމާ ހޮވަން،ހަސީނާތާކައިރީގަ ބުނަންވީ… އެންމެގިނައިން ފެންބޮޑުވާ ގައުމަށް ޚިދުމަތްކުރުމަކީ ވަރަށް މުހިއްމުކަމެއް!

  2. ނަގުޅި

    ޤަބޫލު ކުރަންޖެހޭނެ ތެދުބަސް. އެބުނާ ކަންތައް އިހައްދުވާހާ ހަމަޔަށްވެސް ކުރި އަދި މިއަދުވެސް ކުރަމުން އަންނަ ތަޖްރިބާކާރުން އެބުނަނީ، ސަރުކާރަށް ޖެއްސުންކުރި ވާހަކަ، ބޮޑު މީހާ އެއިނީ ބޮޑު ގޮނޑި އަށް އަރާފާ، މިއަދު ދަތިވާނީ، އޭނަޔަށް، އަނެއްޕާޓީގެ މޭޔަރާހެދި. އެކަން އަމިއްލައަށް ކުރިގޮތާއި މަޤްޞަދު އަދި ހަނދާނެއް ނުނެތޭނެ.

  3. އަލީބެ

    އާޒިމާ އަކީ ފެންބޯ ދޫންޏަކީތަ. މުއިއްޒުކޮށްދޭންހުރި ކަމެއް މުއިއްޒުކުރަންވާނެ ރައީސްކަން ނުލިބޭއިރު ތީގެ ވާހަކައެއް ނުކިޔާ. މުއިއްޒުހޮވީމަ ހުރިހާކަމެއް ހައްލުވާނޭ ކީ