Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޔުނާން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ޔުނާން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދަޢުވާ އުފުލާފައިވާ، ފިލްމީ ތަރި މުހައްމަދު ޔުނާން ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

އެނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ނިންމާފައި ވަނީ ހުޅުމާލެ ކޯޓުންނެވެ. ޝަރުތުތަކާއެކު ގޭބަންދުގައި ހުރި ފިލްމީ ތަރި މުހައްމަދު ޔުނާން ހައްޔަރުކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައެވެ. ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް (ޕީޖީ)ން ބުނީ ޔުނާން އަލުން ހައްޔަރުކޮށްފައިވަނީ އޭނާގެ ފަރާތުން މުޖުތަމައަށް ނުރައްކާ އޮތްކަަމަށް ހައިކޯޓުން ނިންމާފައިވާތީ ކަމަށެވެ.

27 ޑިސެމްބަރު 2023ގައި ޕީޖީން ވަނީ، އޭނާ ޝަރުތުތަކާ ޚިލާފަށް ބޭރުގައި އުޅޭތީ އަލުން ބަންދުކޮށް ދިނުމަށް އެދި ހުޅުމާލޭ ކޯޓަށް ހުށަހަޅާފައެވެ. މިމައްސަލަ ޕީޖީން ވަނީ 18 ޑިސެމްބަރު 2023ގައި ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. ހައިކޯޓުން 10 ޖެނުއަރީ 2024ގައި ބުނެފައިވަނީ ޔުނާން ބަންދުން ދޫކޮށްލާފައިވަނީ، މުޖުތަމައުގެ ސަލާމަތަށްޓަކައި، އޭނާ ބަންދުކުރި ހާލަތު ބަދަލުވެގެން ނޫންކަން އެނގެން އޮތްކަމަށެވެ. ޔުނާން ބަންދުން ދޫކޮށްލުމުގައި ދަށު ކޯޓުން ކޮށްފައިވާ ޝަރުތަކަކީ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭފަދަ ޝަރުތުތަކެއް ކަމަށް ނުފެންނަ ކަމަށް ވެސް ވަނީ ބުނެފައެވެ.

Advertisement
HDC — Sidebar (box)

ޔުނާން ކޮށްފައިވާ ޝަރުތުތަކުގެ ތެރޭގައި ބޭސްފަރުވާއަށް ނޫނީ ބޭރަށް ނުނިކުތުމާއި، ދަރިން ހިމެނޭ ގޮތުން ކުޑަކުދިންނަށް އެކްސެސް ނުވުން ހިމެނެއެވެ. ހަމައެހެންމެ ވިކްޓިމްސްއާ އެއްވެސް ގޮތަކަށް މުއާމަލާތު ނުކުރުމާއި، ދިރިއުޅޭ ތަން ކޯޓަށް އެންގުމާއި، މާލެއިން ނުވަތަ ރާއްޖެއިން ފުރައިގެން ދާނަމަ ކޯޓުގެ ހުއްދަ ހޯދުން، އަދި މީޑިއާއަށް އެއްވެސް މައުލޫމާތެއް ނުދިމަށް ވަނީ ޝަރުތުރުކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް