ޚަބަރު

ބަލީވީ ސަރުކާރަށް އިތުބާރު ނެތީމަ އެއް ނޫން، ފޯކަސް ނުކުރެވުނީމަ: އަބްދުއްރަހީމް

އަލީ ސަމާޙް ، ދެން އޮންލައިން

މާލޭގެ މޭޔަރަކު ހޮވުމަށް ބޭއްވި އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރެއްވި އާޒިމާ ޝަކޫރްއަށް އިންތިހާބުގައި ނާކާމިޔާވީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި މި ސަރުކާރަށް، ރައްޔިތުން އޮތް އިތުބާރު ގެއްލިގެން ނޫން ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

Ads by MWSC

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ބައި އިލެކްޝަންގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން އިންތިހާބު ކާމިޔާބުކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމްއެވެ. އާޒިމް ވަނީ 7،621 ވޯޓު ހޯއްދަވައިފައެވެ. އެއީ، ވޯޓުލާން ނުކުތް 17،500 މީހުންގެ ތެރެއިންނެވެ. ޕީއެންސީގެ ކެންޑިޑޭޓް އާއިޝަތު އާޒިމާ ޝަކޫރަށް ލިބިވަޑައިގެންނެވީ 5،032 ވޯޓެވެ.

ޕީއެންސީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ އިންތިހާބުގެ ނަތިއްޖާއިން ލިބުނީ ފިލާވަޅެއް ކަމަށާއި، އެ ފިލާވަޅުގެ ބޭނުން ހިފައިގެން ކުރިއަށް އިންތިހާބުތައް ކާމިޔާބުކުރުމުގެ މަސައަކްކަތް ކުރާނެ ކަމަށެވެ.

އެ ނަތިއްޖާ އަކީ މާލޭގެ ރައްޔިތުން އިތުބާރު ސަރުކާރާ ދޭތެރޭގައި އޮތް އިތުބާރު ގެއްލިފައިވުން ކަމަށް ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ގަބޫލެއް އެހެންކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

މައިގަނޑު ސަބަބަކީ މަސައްކަތްކުރަންވާ ވަރަށް މަސައްކަތް ނުކުރެވެމުގެ ނަތިއްޖާ، ސަރުކާރުގެ ސިޔާސަތައް އިތުބާރު ނެތީއެއް ނޫން، ރައީސަށް އިތުބާރު ނެތުނީއެއް ނޫން. ރައީސް ހިދުމަތެއް ނުކޮށްދެއްވައިގެނެއް ނޫން  މި ދެންނަވި މައިގަނޑު ސަބަބަކީ

އަބްދުއްރަހީމް ވިދާޅުވީ ހިޔާލު ތަފާތުވިޔަސް ރައިސް މުއިއްޒު މާލެއަށް ގެންނަން ބޭނުންވާ ތަރައްގީ ގެނައުމުގައި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އާޒިމް، ރައީސަށް ދެއްވާފައިވާ ކަމަށެވެ.

އާޒިމަށް، ރައީސް މިއަދު ފޯނުން ގުޅުއްވައި، މަރުހަބާ ވިދާޅުވިއެވެ. ރައީސް ދެއްކެވި ވާހަކަފުޅުގައި، މާލެ ސިޓީ ކައުންސިލަށާއި އަދި މާލެ ސިޓީގެ މޭޔަރަށް ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި ރައްޔިތުން ބޭނުންވާ ކަންކަމުގައި، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ސަރުކާރަށް އެއްބާރުލުން ދެއްވައިގެން މާލެ ސިޓީ ކައުންސިލުން މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގަތެވެ. އަދި ސަރުކާރުގެ މަސައްކަތްތަކުގައި މާލެ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބެމުންދާނޭކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

މާލެ ސިޓީގެ މުނިސިޕަލް ހުރިހާކަމެއް ހިންގުމުގެ ބާރު މާލެ ސިޓީ ކައުންސިލަށް ދެއްވުމަކީ ރައީސްގެ /ރިޔާސީ ވައުދުފުޅެކެވެ. ރިޔާސީ ދައުރުގެ ފުރަތަމަ 14 ހަފުތާގެ މަސައްކަތްތަކުގެ ތެރޭގައި ތާވަލުކުރައްވައިގެން، ހުޅުމާލޭގެ މުނިސިޕަލް ހުރިހާ ހިދުމަތެއް ދިނުން މާލެ ސިޓީ ކައުންސިލާ ހަވާލުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށްޓަވާފައެވެ.

Ads by Allied Insurance
  1. އިބްރާހިމް

    އަދިވެސް ކުލަޔަކަށް ބެލުމެއްނެތި ގާތް މީހުންނަށް މިނިސްޓަރކަމާ ކަންކަން ބަހާލާ،
    ގޯއްޗާ ފްލެޓްތަކުގެ ޔަގީންކަން އެމްޑީޕީ މީހުންނަށް ދިނީމަ ޕީޕީއެމް ޕީއެންސީ މީހުން ވޯޓްލާކަށެއް ނުނިކުންނާނެކަން ޔަގީން ވެއްޖެތަ؟

  2. ކުރާށޭ

    ޕީޕީއެމް ޕީއެންސީ މާލޭގެ މޭޔަރު އިންތިޚާބުން ބަލިވީ ހަގީގީ ސަބަބަކީ މަސައްކަތް ނުކުރެވުމެއް ނޫނޭ އެއީ ރައްޔިތުން ވޯޓް ދިން ގޮތާއި ޚިލާފަށް އަދުރޭ އިސްވެ ހުރެ ކަންކަން ކުރުމުންނޭ މުއިއްޒު ހޮވޭއިރަށް މުއިއްޒު ބޮލަށް ވަދެގެން އަދުރޭ ދަމައިގަތީ އެއީ ރައީސް ޔާމީނަށް ލިބެން ޖެހޭ ބައި ދެން އަދުރޭ އަށް ފެންނަ މީހަކަށޭ ވަޒީރު ކަމާއި ސަރުކާރުގެ އިސްމަގާތް ތައް ދެނީ މިހާރު މާލެ ތެރޭގައި އަޑުއިވޭ 3 ލައްކަ ރުފިޔާ އަދުރޭ ބުނާ މީހަކަށް ދިނުމުން ސަރުކާރުގެ ބޯރޑް މެމްބަރު ކަންދެއޭ މުއިއްޒު އަވަހަށް މިކަމުގައި ވިސްނާ ރައީސް ޔާމީން މިހަފްތާގައި އަފްެއާމްގެ ދަށުން ދޫކޮށްލާ މާޒީ މާޒީ އަށް ދޫކޮށްލާ ޕީޕީއެމް ޕީއެންސީ އަދި ޕީއެން އެފް އަދި އެމްޑީއޭ ގުޅިގެން އަންނަ މަޖްލީސް އިންތިޚާބުގައި ވާދަ ކުރަންވީއޭ އެނޫން ނަމަ މަޖްލީސް އިންތިޚާބު ޕީޕީއެމް ޕީއެންސީ އަދި ޕީއެންއެފް އަށް ވެސް ނުލިބޭނެއޭ ޖޭޕީ އެއީ ގައްދާރުންނޭ އަލީ އާރިފަށް ނުލިބޭނެއޭ 10 ވޯޓް ވެސް މިވަރުގެ މީހުންނޭ މުއިއްޒު ގާތްކޮށްގެން އުޅެނީ މުއިއްޒުގެ ސަރުކާރު ސިޔާސީ ގޮތުން ވަރަށް ބަލިކައްޓޭ އެކަން މުއިއްޒު ދަނެގެން ރައީސް ޔާމީން ފޮނުވާފައިވާ މެސެޖަށް ޖަވާބުދީ ފުރަތަމަ ވެސް ރައީސް ޔާމީން އަފްއާމްގެ ދަށުން ދޫކޮށްލާ އަވަހަށް ޕީޕީއެމް ޕީއެންސީ އާއި ޕީއެންއެފް ވަކިން މަޖްލީސް އިންތިޚާބަށް ތައްޔާރު ވާންވީއޭ މިކަން އަވަސް ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ

  3. ބަލާތި

    މާލޭ މޭޔަތު ކަން ޕީޕީއެމް އަށް ގެއްލުނީ މުއިއްޒު އަދުރޭ ބުނާ ގޮތަށް ހަދައިގެންނޭ އަދުރޭ އެވަނީ ރައީސް ޔާމީނަށް ގައްދާރުވެފައޭ މުއިއްޒު ހޮވުނުރޭ އޭނާ ބުނީ އޭނާގެ ދަރި ގާތު ދެން ކޮންމެހެން ޔާންޓޭ މިނިވަން ކުރާ ވާހަކަ ދައްކަން ނުޖެހޭނެއޭ ޔާންޓޭ އަށް އޮތް ބައި ސަރުކާރުގެ ތެރޭން އޭނާ މުއިއްޒު އަށް އޮޅުވާލައިގެން ދަމައިގަންނާނީ ކަމަށޭ ދެން ޓޫރިޒަމް މިނިސްޓަރު ކަން އޭނާ ބުނެގެން އޭނާގެ ދަރި އަށް ދިނުން އެއީ ފުރަތަމ ގަބުޅި ކަތީބު ގޮތޭ އެހޮތަށް ސަރުމާރު

  4. ދޫފަރިތަ

    ފޯކަސްނުކުރެވޭ… ތިއިންތިޚާބަކަށް އެކަންޏެއްނޫން… މަޖިލިސް އިންތިޚާބުގެ ޕްރައިމަރީ ނުބާއްވައި ބޭނުން މީހަކަށް ސަރުކާރުޕާޓީން އެއްވެސް ދާއިރާގެ ގޮނޑި ހަދިޔާ ކޮށްފި ނަމައެއީ އަނެއްްކާ ވެސް ބަލި ވުމަކާ ކުރިމަތިލާން ޖެހޭނެކަމެއް…. ނަމަނަމަ އެހެން ނުހަދާތި……………. މިއީ ސަރުކާރު ދެމިއޮތުމަށް ހިތާ ރޫޙުން އެދޭ މީހެއް……. މިހާރުވެސް އަޑު އެބަ އިވޭ ރައީސް ވިދާޅުވިއޭ މިވަނި ގޮނޑިއެއް މިވެނި މީހަކަށޭ.. މިވެނިދާއިރާއެއް މިވެނި މީހަކަށޭ… ތި ގޮނޑި ގެއްލުނީވެސް ރައްޔިތިުންގެ ވިންދާ ޚިލާފަށް ބޭނުންމީހަކަށް ގޮނޑި ދިނުމުން…. އެއީ ޢާޒިމާ ކަމުނުގޮސްގެނެއް އަބްދުއްރަހީމުގެ ފޯކަސް ގެއްލިގެނެއްނޫން…..