ޚަބަރު

އުމްރާއަށް ގޮސްހުރި ދިވެއްސަކު ނިޔާވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާގައި ހުރި ދިވެއްސަކު ނިޔާވެއްޖެއެވެ.

Ads by STELCO

ނިޔާވީ ހ. ފޮއްދޫގެ، ނަޝީދާ ހުސައިންއެވެ. ނިޔާވިއިރު އުމުރަކީ 67 އަހަރެެވެ. އޭނާ ނިޔާވެފައިވަނީ އުމްރާއަށް ގޮސް އުޅެނިކޮށް ލައްވާލި ރޯގާއެއްގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.

ނަޝީދާގެ ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު މައްކާގެ ހަރަމްފުޅުގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!