Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރައީސް ޑރ. މުޢިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އަންނަ މަހު 5ގައި

ރައީސް ޑރ. މުޢިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އަންނަ މަހު 5ގައި
މިއަހަރު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ އަންނަ ފެބްރުއަރީ މަހު 5ގައި ބާއްވާ ގޮތަށް ނިންމައިފިއެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވާނެއެވެ. އެ ބަޔާނުގައި އެ އަހަރަށް ސަރުކާރުން އަމާޒު ހިފާފައިވާ ކަންކަމާއި ހުރި މަސައްކަތްތަކާއި ސަރުކާރުގެ ތަސައްވުރާއި ގުޅޭ ގޮތުން ރައީސް އަލި އަޅުވާލާނެއެވެ. މަޖިލީހުގެ ދައުރު މި އަހަރަށް ފެށުމުގެ ގޮތުން ބާއްވާ ޖަލްސާގެ ތައްޔާރީތައް މިހާރު ފަށާފައިވާ ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެއެވެ.

މަޖިލީހުގެ މިދައުރު ފެށާނީ މަޖިލީހުގެ ކޮންޕޮޒިޝަނަށް ބޮޑެތި ބަދަލުތަކަކާއެކުގައެވެ. އެގޮތުން މަޖިލީހުގައި ޕަ މެޖޯރިޓީ އޮތް އެމްޑީޕީއަށް ސުޕަ މެޖޯރިޓީ ވަނީ ގެއްލިފައެވެ. މަޖިލީހުގެ މަނިނޯރަޓީ ޕާޓީއަކީ ސަރުކާރުގެ ކޮންގްރެސް ޕާޓީއެވެ. އެ ޕާޓީގައި 15 މެންބަރުން ހިމެނެއެވެ. ސަރުކާރު ކޯލިޝަންގެ ޕީޕީއެމް ތަމްސީލް ކުރައްވާ ދެ މެންބަރަކު އެބަ ތިއްބެވެ. މަޖިލީހުގައި ދެން އެންމެ ގިނަ މެންބަރުން ތިބީ ޑިމޮކްރެޓްސްގައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް