ޚަބަރު

ވިއްސާރައިގައި ގެއްލުންވި ގެތަކަށް 7 ލައްކަ ރުފިޔާގެ އެހީ

ރައުފާ ރަޝީދު ، ދެން އޮންލައިން

މިދިޔަ ހުކުރު ދުވަހު މާލެއަށް ކުރި ވިއްސާރައިގައި ފެންބޮޑުވެގެން ގެއްލުން ލިބުނު ގެތަކަށް އެހީގެ ގޮތުގައި 7 ލައްކައަށް ވުރެ ގިނަ ރުފިޔާ ދިނުމަށް ނިންމާފައިވާކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނެފިއެވެ.

Ads by Sosun Fihaara

އެންޑީއެމްއޭއިން ބުނީ ހުކުރު ދުވަހު ވިއްސާރަވެ ފެންބޮޑުވުމާ ގުޅިގެން އެންޑީއެމްއޭއަށާއި ސިފައިންނާއި ރެޑްކްރެސެންޓުގެ ހޮޓްލައިންތަކަށް 494 ކޯލް ލިބުނު ކަމަށާއި އަދި ފެން ވަދެގެން 227 ތަނަކަށް އެކިވަރުގެ ގެއްލުން ލިބުނުކަމަށް ރިކޯޑްކުރެވިފައިވާކަމަށެވެ.

އޭގެ ތެރެއިން 193 ތަނަކަށް އިޖާބަދެވުނު ކަމަށާއި ފެންވަންނަ މިންވަރު ކުޑަކުރުމަށް 152 ދެތަނެއްގައި 1018 ވެލިބަސްތާ ޖެހި ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

ވަގުތުން އެހީތެރިކަން ބޭނުންވާ 43 ގޭބީސީއެެއްގެ ރެޕިޑް އެސެސްމެންޓް ދިވެހި ރެޑްކްރެސެންތްގެ އެހިގައި ހަދާފައިވާ ކަމަށާއި 18 ގޭބީސީއެއްގެ 110 މީހުންނަށް ދެ ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވެހިކަމާއި ކެއުން ބުއިން ހަމަޖައްސާދީފައިވާކަމަށްވެސް އެ ސެންޓަރުން މައުލޫމާތުދެއެވެ.

އެންޑީއެމްއޭއިން ބުނީ ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން ގޭބީސީތަކުގައި ހިފާ ގެންގުޅޭ ތަކެއްޗަށާއި ލިބުނު ސްޓަކްޗަރަލް ގެއްލުންތަކުގެ އަގު 1,111,842.50 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އަދި މިހާތަނަށް އެސެސްމަންޓް ހަދާފައިވާ ގެތަކަށް އިންސާނީ އެހީގެ ގޮތުގައި 711،541.70 ރުފިޔާ ދިނުމަށް ނިންމާފައިވާކަމަށް އެ އޮތޯރިޓީން ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!