Thursday, 5 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކޮންމެ ނުރައްކަލަކާ ކެރިގެން ކުރިމަތިލުމުގެ ގާބިލުކަން ހުރި ޒަމާނީ އަސްކަރިއްޔާއަކަށް ހެދުމަށް އެންމެ ޒަމާނީ ވަސީލަތްތައް ސިފައިން ހޯދަނީ

ކޮންމެ ނުރައްކަލަކާ ކެރިގެން ކުރިމަތިލުމުގެ ގާބިލުކަން ހުރި ޒަމާނީ އަސްކަރިއްޔާއަކަށް ހެދުމަށް އެންމެ ޒަމާނީ ވަސީލަތްތައް ސިފައިން ހޯދަނީ
ކޮންމެ ނުރައްކަލަކާ ކެރިގެން ކުރިމަތިލުމުގެ ގާބިލުކަން ހުރި ޒަމާނީ އަސްކަރިއްޔާއަކަށް ހެދުމަށް އެންމެ ޒަމާނީ ވަސީލަތްތައް ޤައުމީ ދިފާއީ ބާރަށް ހޯދައިދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ޑިފެންސް މިނިސްޓްރީން މިއަދު ބުނެފިއެވެ. ސިފައިން އެންމެ ޒަމާނީ ވަސީލަތް ހޯދަން މަސައްކަތް ފަށާފައި މިވަނީ ރާއްޖޭގައި މެޑިވެކް އަދި ރެސްކިއު އޮޕަރޭޝަން ތަކުގައި ބޭނުން ކުރަމުން އަންނަ އިންޑިއާގެ ދެ ހެލިކޮޕްޓަރާއި ޑޯނިއާ ދުއްވަން ތިބި ސިފައިން ރާއްޖެއިން ބޭލުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައެވެ. މިއަދު ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ, ސިފައިންނަށް ޒަމާނީ ވަސީލާތްތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ދިވެހި ދައުލަތާއި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގައި ކުރަން ޖެހޭ ކަންކަން ސަރުކާރުން ކުރަމުންދާނެ ކަމަށެވެ. އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ސިފައިންގެ ޚިދުމަތުގެ މައިގަނޑު މަގުސަސަކީ ރާއްޖޭގެ ޖުމްހޫރިއްޔާއާއި، ސަރަހައްދާއި، ޚާއްޞަ އިގުތިސާދީ ސަރަހައްދާއި ރައްޔިތުން ރައްކާތެރިކޮށް ހިމާޔަތް ކުރުން ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށެވެ. އަދި ސިފައިންގެ ގާނޫނުގައި، ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ދައުލަތް ދިފާއުކޮށް، ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި މަސްހަލަތު ހިމާޔަތްކުރުމުގެ ޒިންމާ ވެސް ސިފައިންނާ ހަވާލުކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން ރާއްޖެއަށް ދިމާވާ ގުދުރަތީ ކާރިސާތަކާއި އެ ނޫން ވެސް ނުރައްކާތެރި ބޮޑެތި ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގައި އިސްވެ ހަރަކާތްތެރިވުމާއި ކަނޑުމަތީގައި ހާލުގައި ޖެހޭ މީހުން ހޯދައި ސަލާމަތް ކުރުމާއި ކަނޑާއި އެއްގައުމުގައި ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތް ކުރުމުގެ މަސްއޫލިއްޔަތު މަތިކޮށްފައިވަނީ ދިވެހި ސިފައިންނާ ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

ހަމައެއާއެކު، ދައުލަތުން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގައި ރާއްޖެއިން އަދާކުރަން ޖެހޭ ޒިންމާތަކެއް ހިމަނާފައިވާއިރު ދިވެހި މަސްކަނޑުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށާއި ރާއްޖޭގެ ސަރަހައްދުގައި ހިނގާފާނެ ޓްރެފިކިން އާއި މެރިޓައިމް ޓެރަރިޒަމް ފަދަ ކުށްތައް ހުއްޓުވުމަކީ ވެސް ސިފައިންގެ ޒިންމާއެއް ކަމަށް ބަޔާނުގައިވެއެވެ. އަދި ކަނޑުގެ ސަރަހައްދުގައި ހިނގާފާނެ އެކްސިޑެންޓުތަކާއި އެހެނިހެން ހާދިސާތަކުގައި މީހުންގެ ފުރާނައާއި މުދާ ސަލާމަތް ކުރުމަށް ހިންގަންޖެހޭ އޮޕަރޭޝަންތައް ކުރިއަށް ގެންދިޔުމުގައި އިސްވެ ހަރަކާތްތެރިވާން ޖެހޭ ފަރާތަކީ ގައުމީ ދިފާއި ބާރުކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް