އިސްލާމީ މަރުކަޒުގެ ތެރެއަށް ފެންފައިބާ މައްސަލަ ހައްލު ކުރަނީ, ފުޅާލު ބަދަލުކުރަން 2 މިލިޔަން ރުފިޔާ
އިސްލާމީ މަރުކަޒުގެ ތެރެއަށް ފެން ފައިބާ މައްސަލަ ހައްލުކުރަން, ފުރާޅުގައި ހުރި ޓިނުތައް ބަދަލުކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ވިއްސާރަ ދުވަސްދަވަހު އިސްލާމީ މަރުކަޒުގެ ތެރެއަށް ވާރޭ ވެހޭތީ ބާލިދީ ބަހައްޓަން ޖެހެއެވެ. އެކަމާ އާއްމުންގެ ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ.
އާއްމުންގެ ޝަކުވާ އަޑު އައްސަވާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝަހީމް ވިދާޅުވީ އިސްލާމީ މަރުކަޒުގެ ފުރާޅުގެ ހުރިހާ ފަރާތެއްގެ ޓިނުތައް ހުރީ ހަލާކުވެފައި ކަމަށެވެ. އަދި އިމާރާތުގެ އެތެރެއަށް ވޭރޭ ވެހޭތީވެ ވިއްސާރަ ދުވަސްތަކުގައި އެތެރޭގެ ގިނަ ތަންތާ ބާލިދީ ބަހައްޓަން ޖެހޭ ކަމަށާއި އެކަން ހައްލު ކުރަން މަސައްކަތް ފައްޓަވާފައިވާ ކަަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ތަނުގައި ޖަހާ ޓިނު ލިބެނީ ރާއްޖެ ބޭރުންނެވެ. އަދި ވިދާޅުވީ އެކަމަށް 2 މިލިއަން ހަދަރުވާ ކަމަށާއި މަސައްކަތް އެބަ ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.