ޚަބަރު

ބޮޑެތި ކުށްތަކުގައި ދައުވާ އުފުލުމާއެކު ޕާސްޕޯޓް ހިފަހައްޓަންޖެހޭގޮތް ހަދައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓު -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ޖިނާއީ ބޮޑެތި ކުށްތަކުގައި ދައުވާ އުފުލުމާއެކު، އެމީހެއްގެ ޕާސްޕޯޓް ހިފަހައްޓަންޖެހޭގޮތަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

Ads by Sosun Fihaara

ސުޕްރީމް ކޯޓުން މިފަދައިން ކަނޑައަޅާފައިވަނީ މިއަދު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ)ގެ މައްސަލައިގައި އިއްވި ހުކުމުގައެވެ.

ފަނޑީޔާރު އައިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދުގެ ބެންޗުން ބެލި މިއްސަލައިގައި ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔު އިއްވަވަމުން ވިދާޅުވީ، ކުށެއްގެ ތުހުމަތުގައި ކޯޓެއްގައި ދައުވާ އުފުލުމަކީ ސީރިއަސް ކަމެއް ކަމަށާއި، ޖިނާއީ މައްސަލައެއްގައި ދައުވާ ލިބޭ މީހަކު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސް ފިލައިފިނަމަ ޖިނާއީ އަދުލުގެ ނިޒާމުގެ ވާގި ނެތި އަދުލުއިންސާފު ގާއިމު ކުރުމަށް ހުރަސް އެޅޭނެ ކަމަށެވެ. އެހެންކަމުން އެހެން ވިޔަ ނުދިނުމަށް ދައުލަތުން ފިޔަވަޅު އަޅަންޖެހޭ ކަމަށް ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވިއެވެ.

"ގާނޫނުލްއުގޫބާތުގެ 22 ވަނަ މާއްދާގައި ބަޔާންކުރާ ޖިނާއީ މައްސަލައެއްގެ ދައުވާ ކޯޓަށް ހުށަހެޅުމާއެކު ދައުވާލިބޭ ފަރާތް ދިވެހިރާއްޖެއިން ބޭރަށް ދިއުން މަނާކުރުމަށް ކޯޓުން މޯލްޑިވްސް އިމިގްރޭޝަންއަށް އެންގުމާ އެކު އެފަދަ މީސްމީހުން ބްލެކްލިސްޓުކުރެވި އެފަދަ މީސްމީހުން ރާއްޖެއިން ބޭރަށް ނުފުރޭނެ ގޮތް ހެދުމަކީ މޯލްޑިވްސް އިމިގްރޭޝަންގެ ޒިންމާއެކެވެ. ޖިނާއީ ބޮޑު މައްސަލައެއްގައި ދައުވާލިބޭ މީހެއްގެ މައްސަލަ އިސްތިއުނާފީ މަރުހަލާތަކުން ނިމެންދެން އެމީހަކު ރާއްޖެއިން ބޭރަށް ފުރުން މަނާވެފައި އޮންނަ އޮތުން ދަމަހައްޓަންޖެހޭނެ ކަމަށް ދެކެމެވެ." ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުގައި ވެއެވެ.

ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުގައި ވިދާޅުވެފައިވަނީ ޖިނާއީ ބޮޑު މައްސަލައެއްގައި ޝަރީއަތުގެ މަރުހަލާފައި ދައުވާ ލިބޭ މީހެއްގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަަށް ފުރުމުގެ ހުއްދަ ދެވޭނީ އެ ފަރުވާއަކީ ރާއްޖެއިން ލިބެންނެތް ބޭސްފަރުވާއެއް ކަމަށް ޑޮކްޓަރަކު ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެ ދޭ ރައުޔެއްގެ މައްޗަށް ބިނާކޮށް، އެނބުރި ރާއްޖެ އަންނަނާނެކަން ކަށަވަރު ކުރުމަށް ޝަރުތު ކުރުމަށްފަހު ކަމަށެވެ.

"އެގޮތުން ކަނޑައެޅޭ ޝަރުތުތަކުގެ ތެރޭގައި ކަފާލާތުގެ ގޮތުގައި ދައުވާގައި ހިމެނޭ ފައިސާގެ އަދަދާ އެއްވަރުގެ ފައިސާގެ އަދަދެއް ނުވަތަ ބޭންކް ގަރަންޓީއެއް ނުވަތަ ބޮންޑެއް ބެހެއްޓުމަށް ޝަރުތުކުރުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ." ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުގައި ވެއެވެ.

ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުގައި އިތުރަށް ވިދާޅުވެފައިވަނީ ބޭސްފަރުވާއަށް ނޫން ބޭނުމަކު ޖިނާއީ ބޮޑު ކުށެއްގައި ދައުވާލިބޭ އެއްވެސް މީހަކު ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ކޯޓުން ދޭންވާނީ އެކަމަށް ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލަކާ އެއްގޮތަށް ޕީޖީން އިއުތިރާޒު ނުކުރާނަމަ ކަމަށެވެ.

Ads by Ooredoo
  1. ހަމަޖެހޭ އުސޫލެއް ނޫން.