Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ނަރީޝްގެ ޔަޤީންކަން އައު މޭޔަރަށް: ރައީސް ވަނީ އެއްބާރުލުން ދޭން އިރުޝާދު ދެއްވާފައި

ނަރީޝްގެ ޔަޤީންކަން އައު މޭޔަރަށް: ރައީސް ވަނީ އެއްބާރުލުން ދޭން އިރުޝާދު ދެއްވާފައި

ތަރައްޤީގެ ކޮންމެ ކަމެއްގައި މާލޭ ސިޓީ ކައުންސިލްގެ މޭޔަރަށް ފުރިހަމަ އެއްބާރުލުން ދެއްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލްގެ ނައިބު ރައީސް އަޙްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީ ކައުންސިލްގެ ސްޕަ މެޖޯރިޓީ އޮތީ ސަރުކާރު ކޯލިޝަނަށެވެ.

މާލޭ ސިޓީ މޭޔަރާއި އިތުރު ތިން މެންބަރުން ހުވާ ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެކްޓިން މޭޔަރެއްގެ މަޤާމުގައި ހުންނަވައިގެން ނަރީޝް ވިދާޅުވީ, އިދިކޮޅު މޭޔަރެއް ހުޓަސް, އެމަނިކުފާނަށް ދެއްވަން ޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވަން ކޮންގްރެސް ޕާޓީގެ ރައީސް, ރައީސް ޑރ. މުޢިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

"އަޅުގަނޑު އިންތިޚާބީ މޭޔަރަށް ދޭން އޮތް ޔަޤީންމަކީ, މާޔޫސްވެ ނުލައްވާ, މަނިކުފާނަށް އަޅުގަނޑުމެން ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވަން އަލުގަނޑުމެނންނަށ  ރައީސް އޮތީ ނަސޭހަތްތެރިވެފައި, އިރުޝާދު ދެއްވާފައި, އެ އެއްބާރުލުން ލިބޭނެ"  ނަރީޝް ވިދާޅުވިއެވެ.

ނަރީޝް އިތުރަށް ވިދާޅުވީ, ރައީސް ޑރ. މުޢިއްޒަކީ އެމަނިކުފާނު ވިދާޅުވި ގޮތަށް  ލާމަރުކަޒީ ނިޒާމު ތަންފީޒް ކުރައްވާނެ ބޭފުޅެއް ކަމަށެވެ. އަދި ވެރިކަމުގައި މިވީ ދުވަހުގައި އެކަން އަމަލާ ބަހުން އެމަނިކުފާނު ދައްކަވާ ދެއްވާފައިވާ ކަމަށް ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ, ރައީސް ޑރ. މުޢިއްޒު މާލޭގެ މޭޔަރުކަމުން ދުރުވި ނަމަވެސް އެ އިޙްސާސް ނުވާ ކަމަށެވެ. ރައީސްގެ ހައިސިއްތުން ވެސް ކައުންސިލާއެކު ބާއްވާ ގާތްކަން ފާހަގަކޮށް ވިދާޅުވީ އަބަދު ވެސް ރައީސް ގާތުގައިވާ ކަމުގެ އިޙްސާސް ކުރެވޭ ކަމަށެވެ.

"އަަބަދުވެސް އިހްސާސްވާ ކަހަލަ އެއީ އަޅުގަނޑުމެންގެ މޭޔަރޭ" ނަރީޝް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް