ޚަބަރު

މަރުވެފައި އޮތް ބިދޭސީއަކު ގަމުން ފެނިއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ލ. ގަމުގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީ ފިރިހެނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

Ads by Sosun Fihaara

މައުލޫމާތު ލިބިފައިވާ ގޮތުގައި ބިދޭސީ މީހާ މަރުވެފައިވަނީ އަމިއްލައަށް ދަން ޖެހިގެންނެވެ. އޭނާ މަރުވެފައި އޮއްވާ ފެނިފައިވަނީ ރޭ ދަންވަރު އޭނާ ނިދާ ކޮޓަރިންނެވެ. މަރުވެފައި އޮއްވާ ފުރަތަމަ ފެނުނީ އޭނާއެކު އެ ކޮޓަރީގައި ނިދާ އިތުރު ބިދޭސީއަށެވެ.

މަރުވެފައިވަނީ ގަމުގައި ވޯކް ޕާމިޓް ނެތި ދަނޑުވެރިކަމުގެ މަސައްކަތް ކުރަމުން އަންނަ ބިދޭސީއެކެވެ.

ފުލުހުން މިމަސައްލަ ދަނީ ތަޙްޤީޤް ކުރަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!