ޕްރޮގްރެސިވް ކޯލިޝަން ޕްރައިމަރީ: ބައެއް ވޯޓު ފޮށިތައް ބަންދުކޮށްފި
 
                                                    މިއަދު ކުރިއަށްދާ, ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގެ ބައެއް ވޯޓު ފޮށިތައް ބަންދުކޮށްފި އެވެ.
މާލޭގެ އިތުރުން ރަށްރަށުގައި ވޯޓުލުން ހެނދުނު 10:00 ގައި ފަށާފައިވާއިރު، ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި އޮތީ ހަވީރު 05:00 އާ ހަމަޔަށެވެ. ނަމަވެސް ބައެއް މައްސަލަތައް ދިމާވުމުން ވޯޓު ލާން ފެށި ގަޑި ލަސްވެ, ބައެއް ފޮށިތަކުގައި އަދިވެސް އަންނަނީ ވޯޓު ލަމުންނެވެ.
ބައެއް ވޯޓުފޮށިތަކުގައި އަދިވެސް ވޯޓު ލަމުންދާ ކަން އެ ޕާޓީން ކަށަވަރުކޮށްދެ އެވެ. އެ ފޮށިތައް ބަންދުކުރާނީ 07:00 ގަ އެވެ.
ޕްރޮގްރެސިވް ކޮންގްރެސް އިން ބުނެފައިވާ ގޮތުން މި ޕްރައިމަރީގައި 73 ދާއިރާއަކަށް 71،597 މީހުންނަށް ވޯޓު ލެވޭނެެވެ. 283 ކެންޑިޑޭޓުން މި ޕްރައިމަރީގައި ވާދަކުރެއެވެ.
އިންތިހާބުގެ ވޯޓުލުން މައިގަނޑު ގޮތެއްގައި ސުލްހަވެރިކަމާއެކު ދިޔަނަމަވެސް ވޯޓާސް ލިސްޓަށް ބަދަލު ގެނެސް އޮޅުވާލުމުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ބުނާ ވާހަކަތަކެއް ފެންމަތިވެ ހަމަޖެހުން ހިނގި އެވެ.
ނަމަވެސް ވޯޓު އޮޅުވާލުމުގެ އެއްވެސް ކަމެއް ނުހިނގާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދެއްވައިފަ އެވެ.
 
 Ads by Allied Insurance
 
 
 
            
                     
            
                     
            
                    
 
		
 
		
 
		
 
		
