ޚަބަރު ރައްޔިތުންގެ މަޖިލިސް

ޖަލްސާއަށް ހުރަސް އަޅާނަމަ ޣައްސާން އަށްވެސް ރުހުން ނުދޭން ނިންމައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ވަޒީރުންނަށް ރުހުން ދިނުމަށް ބާއްވާ ޖަލްސާއަށް ސަރުކާރަށް ތާއިދުކުރާ މެންބަރުން ހުރަސްއަޅާނަމަ އިތުރު ވަޒީރުންތަކަކަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީން ނިންމައިފިއެވެ.

Ads by Hajj Corporation

މިއަދު ކުރިއަށްގެންދިޔަ އެޕީާޓީގެ ޕީޖީ ބައްދަލުވުމުގައި ނިންމާފައިވަނީ ޖަލްސާއަށް އިދިކޮޅު މެންބަރުން ހުރަސްއަޅައި ޖަލްސާ ހުއްޓުވައިފިނަމަ ހޯމް ލޭންޑް ސެކިއުރިޓީ ވަޒީރު އިހުސާނާއި ދިފާއީ ވަޒީރު ޣައްސާނަށް ރުހުން ނުދިނުމަށެވެ.

ޣައްސާންއަށް ރުހުން ނުދޭން ނިންމާފައިވާއިރު މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ވަނީ އިގުތިސާދީ ކަންކަމާ ބެހޭ ވަޒީރު މުހައްމަދު ސައީދު، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ބޯހިޔާވަހިކަމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަދި ބަންޑާރަނައިބު އަހުމަދު އުޝާމް އަށް ވެސް ރުހުން ނުދޭން ވަނީ ފާސްކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!