Thursday, 5 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ފާރިސް މަޖިލީހަށް ނިކުންނަވަނީ

މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ފާރިސް މަޖިލީހަށް ނިކުންނަވަނީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން, ފާރިސް މައުމޫން އަމިއްލަ ގޮތުން ރައްޔިތުން މަޖިލީހަށް ވާދަކުރަން ނިންމަވައިފިއެވެ.

މީގެ ކުރިން ދިއްގަރު ދާއިރާގެ މެމްބަރުކަންވެސް ކުރައްވާފައިވާ ފާރިސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާ ނިސްބަތްވެވަޑައިގަންނަވާ މައްޗަންގޮޅި އުތުރު ދާއިރާގެ ރައްޔިތުންގެ ހައްގުގައި، އަދި ދާއިރާގެ ކުރިއެރުމަށާއި ތަރައްގީ އަށް މަސައްކަތްކޮށް، ގައުމަށް ބޭނުންވެފައިވާ މުހިއްމު އިސްލާހުތައް ގެނައުމަށް މަސައްކަތް ކުރުމުގެ ނިޔަަތުގައި އެ ދާއިރާގެ މަޖިލީހުގެ ގޮނޑިއަށް ކުރިމަތިލާން ނިންމާފައިވާ ކަމަށެވެ.

ފާރިސް ވިދާޅުވީ ރައްޔިތުންނާ އޮންނަ ގުޅުން ނުކެނޑި، މެދުވެރިންނާއި އެހެން މަސްލަހަތުތަކަށް ޖާގަ ނުދީ، ރައްޔިތުންގެ މަސައްކަތް ކުރެވޭނެ މެންބަރެއްގެ ގޮތުގަައި ހުރުމަށްޓަކާ، ކުރިމަތިލައްވާނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށެވެ.

Advertisement
Allied Insurance — Square (box)

މަޖީލިހަށް ކުރިމަތިލުމަށްޓަކައި، ފުލުހުންގެ ރެކޯޑްފަދަ ގާނޫނު ލާޒިމްކުރާ ލިޔުންތައް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ފާރިސް ވިދާޅުވިއެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުފައި އަމިއްލަ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ފާރިސް ވާދަކުރެއްވިއެވެ. އޭނާއަށް ލިބިވަޑައިގެންނެވީ 1،936 ވޯޓެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް