Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އަމްރު މަޖިލީހަށް ވާދަކުރައްވަނީ

އަމްރު މަޖިލީހަށް ވާދަކުރައްވަނީ
އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު، ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވަން ނިންމަވައި އެކަން އިއުލާން ކުރައްވައިފިއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމްރު ވިދާޅުވީ އޭނާ ވާދަކުރައްވަނީ  މަޖިލިހުގެ މައްޗަންގޮޅި އުތުރު ދާއިރާއަށް ކަމަށެވެ. މަޖިލިހަށް ކުރިމަތިލާން ނިންމީ ދާއިރާގެ ހައްގުގައި ވަކާލާތު ކުރުމަށާއި ގައުމީ އެތައް މައްސަލަތަކަކަށް ހައްލު ހޯދުމަށްވެސް މަސައްކަތް ކުރުމަށް އޮތް އެންމެ ފަހިމަގަކީ މަޖިލިސް ކަމަށްވާތީ ކަމަށް އަމްރު ވިދާޅުވިއެވެ. އަމްރު ވަނީ 2008 އިން ފެށިގެން މަސައްކަތް ކުރެވުނު ދައިރާތަކުން އަދި ރާއްޖޭގެ އެކި ހިސާބަށް އޭރާ މިހާރުވެސް ކުރާ ދަތުރުތަކުން ދޭހަވި މުހިއްމު ތިން ކަމެއް ފާހަގަކުރައްވާފައެވެ. ފުރަތަމަ ކަމަކީ ރާއްޖޭގެ އާމްދަނީ އިތުރުކުރާނެ ގޮތްތަކާ، ހާއްސަކޮށް ކުދި އަދި މެދު ވިޔަފާރިތައް ފުޅާކުރަނެ ގޮތްތައް ހޯދުން ކަމަށާއި ދެވަނަ ކަމަކީ ރާއްޖޭގެ ފުދުންތެރިކަން އިތުރުކުރުމާ ކާބޯތަކެތީގެ ޔަގީންކަން ކަށަވަރުކުރުން ކަމަށެވެ. އަދި ތިން ވަނަ ކަމަކީ ދެފުށް ފެންނަ، ކޮރަޕްޝަން ނުހިގާ، ގުދުރަތީ ރައުސްމާލާ ތިމާވެށި ރައްކާތެރިކުރެވޭ، ހެޔޮ ހިންގުމަށް މަގުފަހިކޮށް، ރައްޔިތުންނާ ގާތުން ހިމަތްދީ ރައްޔިތުންގެ ބައިވެރިވުން ބޮޑު ވެރިކަމެއް ކުރުމަށް ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމު ފުރިހަމަކުރަމުން ދިޔުމުގެ މުހިއްމުކަމާއި އަދި ނިޒާމުގެ ތެރެއިން ރާއްޖޭގެ އެކި އިޖްތިމާއީމައްސަލަތަކަށް ހައްލު ހޯދޭނެ ގޮތް ހޯދާ، އެންމެ އަޅާލުން ބޭނުންވާ ފަރާތްތަކަށް ފުރިހަމައަށް އިޖްތިމާއީ ރައްކާތެރިކަމުގެ ހިދުމަތް ފޯރުކޮށްދެވުން ކަމަށެވެ.

އިންތިހާބު ގައި 41 ދާއިރާއަކަށް ކެންޑިޑޭޓުން ނެރެން ދަ ޑިމޮކްރެޓްސް އިން ނިންމާފައިވާއިރު  އެ ޕާޓީގެ ޓިކެޓަށް ހުޅުވާލުމުން 41 ދާއިރާ އަކަށް 46 ކެންޑިޑޭޓުން ކުރިމަތިލާފައިވެއެވެ. އަމްރު އަކީ ޕްރައިމަރީ އެއް ނެތި ޕާޓީގެ ޓިކެޓް ލިބިވަޑައިގެންނެވި ބޭފުޅެކެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް