ޤުނޫތުއްނާޒިލާއަކީ ދާއިމީކޮށް ކިޔަން އޮންނަ ޤުނޫތެއް ނޫން: ޝަހީމް

ޤުނޫތުއްނާޒިލާއަކީ ދާއިމީކޮށް ފަރުޟު ފަސް ނަމާދުގައި ކިޔަން އޮންނަ ޤުނޫތެއްނޫން ނޫން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިއަދު އެފަދައިން ވިދާޅުވީ, އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހަމަލާތައް ވަރުގަދަކުރުމުން، ފަލަސްތީނު ރައްޔިތުންނަށް ހެޔޮ ދުއާކޮށްދިނުމަށް ފަރުޟު ނަމާދުތަކުގައި ކިޔަން ފެށި ޤުނޫތު ވަގުތީ ގޮތުން ހުއްޓާލަން އިސްލާމިކް މިނިސްޓްރީން ނިންމި ނިންމުމާމެދު ފާޑުކިޔުން އަމާޒުވުމާ ގުޅިގެންނެވެ.
ފަލަސްތީނަށް މިހާރު ދެމުންދާ ހަމަލާތަކާ ގުޅިގެން އެ ގައުމަށް ރައްކާތެރިކަން ދިނުމަށް މިދިޔަ އޮކްޓޯބަރު 18 ގައި ޤުނޫތު ކިޔަން ފެށިއިރު, ފަރުޟު ކޮންމެ ނަމާދެއްގައި ޤުނޫތު ކިޔުމަށްފަހު, މިދިޔަ ޑިސެމްބަރު 3 ވަނަ ދުވަހުން ފެށިގެން ކިޔަމުން އަންނަނީ ޖަހުރިއްޔަ ނަމާދުތަކުގެ ފަހު ރަކުއަތުގެ އިއުތިދާލުގަ އެވެ.
އިއްޔެ ފޮނުވި ސާކިއުލާގައި ވަނީ މިއަދުގެ މަޣްރިބު ނަމާދުން ފެށިގެން ޤުނޫތު ކިޔުން ވަގުތީ ގޮތުން ހުއްޓާލުމަށެވެ.
އެކަމާ ގުޅިގެން ޝަހީމް ވިދާޅުވީ އެއީ ދާއިމީކޮށް ކިޔާ ޤުނޫތެއް ނޫން ކަމަށާއި ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ މުޞީބާތުގެ ވަގުތުގައި ޤުނޫތުއްނާޒިލާ 1 މަސް ދުވަސްއ ވަންދެން ކިޔުއްވުމަށް ފަހު ދޫކޮށްލެއްވި ކަމަށެވެ.