ޚަބަރު

ރައްޔިތުންގެ ތާއިދާ ލޯބީ އިތުުރުވަނީ ރައީސްގެ ތެދުވެރިކަމާއި އިހުލާސްތެރިކަމުން: ގައްސާން

ފައިނާ ފާއިޒް ، ދެން އޮންލައިން
ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަކީ މަޑުމައިތިރި ކަމާއި އެކު ނަމަވެސް ތެދުބަހުން، ތޫނުކަމާއި އެކު ދޫފުޅުގެ ބޭނުން ކުރައްވާ ބޭފުޅެއް ކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރިޔާސީ އިންތިޚާބުގައި އެންމެ ގިނައިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ވޯޓު ލިބިވަޑައިގެންނެވި ރަށް ކަމުގައިވާ ތ. ގުރައިދޫއަށް ކުރެއްވި ދަތުރުފުޅުގައި ވާހަކަފުޅު ދައްކަވަމުން ގައްސާން މިފަދައިން ވިދާޅުވީ ރައީސްގެ މަސައްކަތްތެރިކަމާއި ތެދުވެރިކަމަށް ތައުރީފް ކުރައްވަމުންނެވެ.

ފާރަވެރިންނާއި އިދިކޮޅުގެ ސަބަބުން ރައީސް އާއި ދެކޮޅަށް މަސައްކަތްް ކުރި ކަމުގައިވީ ނަމަވެސް  ރައީސްއަށް އޮންނަ އިތުބާރާއި ހައިބަތާއި އުފުލިގެން ދަނީ އެމަނިކުފާނަށް ޓަކައި ރައްޔިތުންގެ ހިތުގެ އޮންނަ ލޯބީގެ ސަބަބުން އެކަނި ނޫންކަމަށް ގައްސާން ވިދާޅުވިއެވެ.

އެއީ އެމަނިކުފާނު ގަދަބަސް ބުނުއްވާތީ ނުވަތަ އެމަނިކުފާނު ވަރުގެ ބޭފުޅެއް ދުނިޔޭގަ ނެތް ކަމަށް އަމިއްލައަށް ދެކިވަޑައިގަންނަވާތީއެއް ނޫން.

ރައީސްގެ އަކީ އަމަލު އިސް ނުކުރައްވާ މަޑުމައިތިރި ކަމާއި އެކު މައްސަލަ ހައްލުކުރައްވާ ބޭފުޅެއްކަމަށް ގައްސާން ވިދާޅުވިއެވެ. އެމަނިކުފާނުގެ ގުލުގެ ތޫނުފުޅުކަމަކީ އެމަނިކުފާނަށްޓަކައި ރައްޔިތުންގެ ލޯބި އިތުރު ވާކަމެއްކަމަށް ގައްސާން ވިދާޅުވިއެވެ.

ރައީސް އަކީ އޮފީހަށް ވަޑައިގެންނުވުމެ ކުރިން ވަޒީރުންނަށް ފޯނު ކުރައްވާ އެދުވަހުގެ މަސައްކަތްކަތްތައްް ވަރަށް ގާތުން ބައްލަވާ ބޭފުޅެއް ކަމަށް ގައްސާން ވިދާޅުވިއެވެ. އަދި ވަރަށް ގާތުން ހުރިހާ ވުޒާރާއެއްގެ މަސައްކަތް ބައްލަވާ ބޭފުޅެއްކަންވެސް ގައްސާން ވަނީ ފާހަގަކުރައްވާފައިއެވެ.

އެމަނިކުފާނު ވަނީ ވެލެއްވި ވައުދުތައް ފުއްދެވުމުގެ މަސައްކަތް ކުރަމުން ކަމަށާއި އެ ކަމުގެ ހެތްކަކަށް މިއަދު ތ. ގުރައިދޫއަށް ކުރެއްވި ދަތުރުފުޅުންވެސް ހާމަވާކަމަށް ގައްސާން ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!