Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ސޯޝަލް މީޑިއާގައި ދައުރުކުރަނީ ކޮމިޝަންގެ ލިސްޓެއް ނޫން: އޭސީސީ

ސޯޝަލް މީޑިއާގައި ދައުރުކުރަނީ  ކޮމިޝަންގެ ލިސްޓެއް ނޫން: އޭސީސީ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދަނީ އެ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ލިސްޓެއް ނޫންކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ފުރަތަމަ 4،000 ފްލެޓަށް ޝަރުތު ހަމަވި މީހުންގެ ތެރެއިން އޭސީސީން ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވާ ފޯމްތަކުގެ ލިސްޓެއް ކަމަށް ބުނާ ލިސްޓެއް މިއަދު ސޯޝަލް މީޑިއާގައި ލިސްޓެއް ވަނީ ދައުރުކޮށްފައެވެ.

އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރުމާ ގުޅޭގޮތުން ތަހުގީގުކުރި މައްސަލައިގައި އެ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ލިސްޓެއްކަމަށް ބުނެ ސޯޝަލް މީޑިއާގައި ލިސްޓެއް އާއްމުކުރިނަމަވެސް، އެއީ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ލިސްޓެއް ނޫންކަމަށެވެ.

Advertisement
HDC — Sidebar (box)

އޭސީސީން ބުނީ ފްލެޓް މައްސަލައާ ގުޅޭގޮތުން އެ ކޮމިޝަނުގެ ތަހުގީގަށް ހޯދިފައިވާ ހޯދުންތަކުގެ މާއްޗަށް ބިނާކޮށް، ތަހުގީގުގެ ބޭނުމަށް ތައްޔާރު ކޮށްފައިވާ ލިސްޓެއްގެ މައުލޫމާތު މިހާތަނަށް ހިއްސާކޮށްފައިވާނީ، ހައުސިން މިނިސްޓްރީ އާއި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީތަކާއި ކަމަށެވެ. އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ނުވަތަ ލިޔުމެއްވެސް ކޮމިޝަނުން ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްވެސް އާއްމުކޮށްފައިނުވާނޭ ކަމަށް އޭސީސީން ބުންޏެވެ.

އޭސީސީން ވަނީ އާންމު ރައްޔިތުންނާ ގުޅުންހުރި މިފަދަ ހައްސާސީ މައްސަލައެއްގައި، ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅުވާލުމަށް ސޯޝަލް މީޑިއާގައި ހަގީގަތާ ހިލާފު ވާހަކަ ފެތުރުމަކީ، ރައްޔިތުންގެ ހިތުގައި ނަފުރަތާއި ރުޅިވެރިކަން އުފެއްދުމަށް ކުރާ ނާތަހުޒީބު، ޒިންމާދާރުކަން ކުޑަ އަމަލެއްކަން ފާހަގަކޮށް އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކުގައި، އާންމުންނަށް ދޭންޖެހޭ މަޢުލޫމާތު ހިއްސާކުރާނީ ކޮމިޝަނުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުންނާއި، މީޑިއާތަކަށް ރަސްމީކޮށް މައުލޫމާތު ފޯރުކޮށްދީގެން ކަމަށާއި އަދި އެ ކޮމިޝަނަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނުފޯރާނެ ކަމުގެ ފުރިހަމަ ޔަގީންކަން  އޭސީސީން ދެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް