ޚަބަރު

ރުހުން ނުދިން ވަޒީރުން އަލުން އައްޔަންކުރުމުން މަޖިލީހަށް އީވާގެ ގަރާރެއް!

އައިކާ ޔުނާން ، ދެން އޮންލައިން
ފޮޓޯ: ދެން އިމޭޖަސް

ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭން ފާސްކުރި ތިން ވަޒީރަކު އަލުން މަގާމަށް އައްޔަންކުރެއްވުމަކީ ގާނޫނުއަސާސީއާ ޚިލާފަށް ކުރެއްވި ކަމެއް ކަމަށް ބުނެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله ހުށަހެޅުއްވި ގަރާރުގެ ބަހުސް މިއަދު ފަށައިފިއެވެ.

Ads by Sosun Fihaara

ގަރާރުގައި ބުނެފައިވާ ގޮތުގައި، ރުހުން ނުދިން ތިން ވަޒީރުން އަލުން އައްޔަން ކުރެއްވުމަކީ މަޖިލީހަށް ދީފައިވާ ބާރު ކަނޑުވާލައި، ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމަށާއި ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީކުރުވުމުގެ ބާރު ނިގުޅައިގެންދާ ފަދަ އަމަލެެކެވެ.

ގަރާރުގައި އީވާ ވިދާޅުވި ގޮތުގައި، ވަޒީރުންނަށް ރުހުން ހޯދުމަކީ ގާނޫނު އަސާސީން ލާޒިމް ކުރާ ކަމަކަށް ވާއިރު ރުހުން ނެތް ވަޒީރުންނަށް މަގާމުގައި ނުތިބެވޭނެ ކަން ސާފުކޮށް އެނގެން އެބައޮތެވެ.

ބަހުސްގައި އީވާ ވިދާޅުވީ, ގާނޫނު އަސާސީގައި ސިފަކުރާ ޗެކް އެންޑް ބެލެންސްގެ ސިފަތައް ގެއްލި އެއް ބާރުން އަނެއް ބާރުގެ މައްޗަށް އަރައިގެންފައިވާ ކަމަށެވެ.

ވަޒީރުން އައްޔަން ކުރުމަކީ ގާނޫނު އަސާސީ ބޮލާލާއި, 'ޑިސްރިގާޑް' ކުރުން ގޮތުގައި އީވާ ސިފަ ކުރެއްވިއެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ހުކުމެއް ވެސް އޮތް ކަން ފާހަގަކުރައްވައި އީވާ ވިދާޅުވީ މަޖިލީހުގެ ބާރަކަށް އަރައިގަތުމަކީ ކުޑަ ކަމެއް ނޫން ކަމަށާއި އެއީ މުޅި ދައުލަތް ހިންގާ ނިޒާމަށް ލޮޅުން އަރުވާލުން ކަމަށެވެ.

"އެއީ ދައުލަތް ހިންގާ ނިޒާމްގެ ތެރެއިން އޮންނަ ތިން ބާރުގެ ތެރެއިން އެއް ބާރުގެ މައްޗަށް އަރައިގަތުން, އެއީ ޕަވާސް ވެސްޓް އިން ދަ ޕާލިމަންޓަށް އަރައިގަތުން." އީވާ ވިދާޅުވިއެވެ.

އަދި ވިދާޅުވީ މިއީ މުޅި ޑިމޮކްރެޓިކް ނިޒާމުގެ ހަމަތަކަށް އަރައިގަތުން ކަމަށާއި ސަރުކާރުގެ ފަރާތުން ފެންނަނީ ރައްޔިތުން ކުރާ އިތުބާރު ގެއްލި އެފަދަ ބިރުވެރި ހާލަތަކަށް ހިނގައިދާނެ ފަދަ މަންޒަރުތަކެއް ކަމަށެވެ.

Ads by HDC
  1. މަޖިލީސް ރޯނުއެދުރުން

    އީވާ ނިކަނބުނެދީބަލަ މަޖިލީހުން ރުހުން ނުދިން ވަޒީރުން ދެވަނަފަހަރަށް އައްޔަންކުރުން އެއިީ މަޖިލީހުގެ ބާރަކަށް އަރައޮގަތުން ކަމުގަވާނަމަ ސުޕްރިމްކޯޓުގެ އަމުރައް ދެކޮޅުހަދާ ބޮޑާވެގަތުމީ ކޮންކަހަލަ ކަމެއް މަޖިލީހާ ސުޕްރިމްކޯޓާ 2 ތަނުން އެމްމެ ފަހުބަސް ބުނަނީކޮންބައެއް އީވޯ ދަންހުއްތޫ

    • މަޔާހޮކި

      ސްޕްރީމް ކޯޓަށް ފަހުބަސް ބުނެވޭނީ ގާނޫނެއް މާނަކުރުމުގައި އުފެދޭ ޚިލާފުތަކުގައި. ދައުލަތުގެ 3 ބާރުގެ ތެރެއިން އެއްވެސް ބާރަކުން ނިންމާ ނިއްމުމެއް ހުއްޓުވޭނެ ފަހުބަހެއް އެއްވެސް ބާރަކަށް ނުބުނެވޭނެ!