ޚަބަރު

ރައީސް، ސާބިއާގެ ގައުމީދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ފައިނާ ފާއިޒް ، ދެން އޮންލައިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސާބިއާގެ ރައީސުލްޖުމްހޫރިއްޔާ އަދި ބޮޑުވަޒީރަށް ދައުލަތުގެ ވެރިކަމުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވަައިފިއެވެ.

Ads by Sosun Fihaara

ރައީސުލްޖުމްހޫރިއްޔާ ވަނީ ސާބިއާގެ 23 ވަނަ ދައުލަތުގެ ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ވަރިންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައިއެވެ.

ސާބިއާގެ ރައީސް ހދ. އެލެގްޒެންޑަރ ވުޗިޗް އާއި ބޮޑުވަޒީރު އެޗް.އީ. އަނާ ބްރްނާބިޗް އަށް ރައީސް ޑރ މުއިއްޒު ވަނީ ވަކިން މެސެޖު ކުރައްވާފައިއެވެ.

އަދި ހިތުގެ އަޑިން ތަހުނިޔާ ފޮނުއްވައި، ކުރިއަށް އޮތް އަހަރުތަކަށް ސާބިއާގެ ސަރުކާރާއި ރައްޔިތުންނަށް ކުރިއެރުމާއި ތަނަވަސްކަން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުފައިއެވެ.

ދިވެހި ރާއްޖެއާއި އެހެން ގައުމުތަކާއި ދެމެދު އޮތް ގުޅުން ބަދަހި ކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ.

އަދި މި ގުޅުނަތައް ހަރުދަނާކޮށް އެ ގުޅުންތަކުން ރާއްޖެއަށް ބޭނުންވާ އެކި އެކު ކުރިއެރުންތައް ހޯދަންވެސް ސަރުކާރުން ދަނީ މަސައްކަތްކުރަމުންކަން ފާހަގަކޮށްލެވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!