ޚަބަރު ރައްޔިތުންގެ މަޖިލިސް

ކެންޑިޑޭޓުންގެ މަންދޫބުންނަށް ދޫކުރަނީ ޑިޖޓަލް ފާހެއް

އަލީ ސަމާޙް ، ދެން އޮންލައިން

އަންނަ މާޗް މަހުގެ 17 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކެންޑިޑޭޓުންގެ މަންދޫބުންނަށްވާން އެދި ހުށަހެޅުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ.

Ads by MWSC

އީސީން ކޮށްފައިވާ އިއުލާނެއްގައި ބުނީ، ވޯޓުނެގުން އޮންނަ ދުވަހު، ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމަށް، ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާ، އެ މީހެއްގެ މަސްލަހަތު ހިމެނޭ ކޮންމެ މަރުކަޒަކަށް އެއް މަންދޫބަކު އައްޔަންކުރުމުގެ ފުރުސަތު ގާނޫނޫގެ ދަށުން ކޮންމެ ކެންޑިޑޭޓަކަށް ވެސް ލިބިދޭ ކަމަށެވެ.

ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިއްޔެއިން ފެށިގެން ފުރުސަތު ހުޅުވާލާފައިވާއިރު އެ މުއްދަތު ހަމަވާނީ މި މަހުގެ 24 ވާ ހޮނިހިރު ދުވަހުގެ 15:00 ގައެވެ.

މަންދޫބުންނަށްވުމަށް ހުއްދަދެވޭ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުމާއި، ޖިނާއީ ކުށެއްގައި ހުކުމް ތަންފީޒުކުރެވެމުންދާ މީހެއް ކަމުގައިނުވުމާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޙަވާލުވެގެން ހުރި މީހެއް ކަމުގައި ނުވުން ހިމެނެއެވެ.

އިއުލާނުގައި ބުނީ ކެންޑިޑޭޓުން އައްޔަންކުރާ މަންދޫބުންނަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް އީ-މެއިލް މެދުވެރިކޮށް ބަލައިގަންނާނެ ކަަމަށެވެ. އަދި އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) ގެ ރިސެޕްޝަނުން ފޯމު ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވާނީ މި މަހުގެ 24 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!