މަސްވެރިންނަށް ނުދެވި ހުރި ފައިސާ އަންނަމަހުގެ 5ގެ ނިޔަލަށް ދީ ނިންމާނެ: ޝިޔާމް
މަސްވެރިންނަށް ނުދެވި ހުރި ފައިސާ އަންނަ މަހުގެ 5ވަނަ ދުވަހުގެ ނިޔަލަށް ދީ ސަރުކާރުން ނިންމާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވީ ކޫއްޑޫގައި މަސްވެރިން މިވަގުތު ކުރަމުންދާ އިހުތިޖާޖުގެ ބައިވެރިންގެ ނުތަނަވަސް ކަމަކީ މިވަގުތު ސަރުކާރަށް އެކަމެއްގެ ކަންބޮޑުވުން އެންމެބޮޑަށް އޮތް އަދި އެންމެބާރަށް ހައްލު ކުރަން މަސައްކަތް ކުރަމުން ގެންދާ ކަންތައް ކަމަށެވެ.
އަދި ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި ޙައްޤު ހޯދަން ކުރާ ސުލްހަވެރި އިހުތިޖާޖުތަކަށް ސަރުކާރުން މަރުޙަބާ ކިޔާނެ ކަމަށާއި ކޫއްޑުގެ އޮޕަރޭޝަން ކުރިޔަށް ގެންދެވޭނެ މާހައުލެއް އޮތުމަކީ އިހުތިޖާޖުގައި ބައިވެރިނުވާ އެތައް ދޯންޔެއްގެ މަސްވެރިންގެ ވަރަށް ބޮޑު އެދުމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
އެ މާހައުލު ޤާއިމުކޮށްދެއްވުމަށް މިވަގުތު އިހުތިޖާޖުގައި ތިއްބެވި މަސްވެރިންގެ އަރިހުން އެދޭ ކަމަށާއި މިސަރުކާރަށް ވާރުތަވީ 250 ވަރަކަށް މިލިޔަން ރުފިޔާ އާއެކު މިހާރު ނުދެވި ހުރި ޖުމްލަ 280 މިލިޔަން ރުފިޔާގެ ބެކްލޮގު އެއްކޮށް މާރޗު މަހުގެ 5 ވަނަދުވަހުގެ ނިޔަލަށް ސަރުކާރުން ނިންމާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
އަދި މަހުގެ އަގު މުރާޖާ ކުރި ދުވަހުން ފެށިގެން ކިރުނުމަހަށްވާ 26 މިލިއަން ކޮންމެ ހަފްތާއަކު މިފްކޯއަށް ކިރާ މަހަށް ހަފްތާއެއްތެރޭ ފައިސާ ދެވޭނެ އިންތިޒާމުގެ ތެރެއިން މިހަފްތާ އެފައިސާ މިފްކޯއިން ހަމަޖައްސާނެ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
މަސްވެރިންގެ ކަންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގެންދަވަނީ ވަރަށްގާތުން ބައްލަވަމުންކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.