Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ފުލުހުންގެ ތަރުޖަމާނަކަށް އަނެއްކާވެސް ޝިފާން އައްޔަނުކޮށްފި

ފުލުހުންގެ ތަރުޖަމާނަކަށް އަނެއްކާވެސް ޝިފާން އައްޔަނުކޮށްފި

ފުލުހުންގެ ތަރުޖަމާނުކަމަށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން މިއަދު އައްޔަންކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ޝިފާން މި މަގާމަށް އައްޔަންކޮށްފައިވަނީ މިހާރު އަދާކުރަމުންދާ މަގާމުގެ އިތުރުން ކަަމަށެވެ. މިހާރު އޭނާ ހުންނަވަނީ އޮފީސް އޮފް ދަ ކޮމިޝަނަރ ގެ ހެޑްގެ މަގާމުގަ އެވެ.

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ވެސް ޝިފާން ވަނީ ފުލުހުންގެ ތަރުޖަމާނުކަން ކުރައްވައިފައެވެ. އޭނާ އެ މަގާމުން ވަކިކުރުމަށް ފަހު އެ މަގާމަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް، އިޒްމިޔާ ޒާހިރު އައްޔަންކުރެއްވީ 2018 ވަނަ އަހަރުގެ ޑިސެންބަރު މަހު އެވެ.

Advertisement
Allied Insurance — Square (box)

ޝިފާން ވަނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑުކަމާއި ކުރީގެ ޕޮލިސް ކޮމިޝަނާ ހުސެއިން ވަހީދުގެ ތަރުޖަމާނު ކަމާއި ޕޮލިސްގެ ސްޓްރެޓަޖީ އެންޑް ލީގަލް ޑިޕާޓްމަންޓްގެ ހެޑުކަން ވެސް މީގެ ކުރިން ކުރައްވައިފަ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް