ކޮވިޑް-19: ހަތް ގައިދީއަކު ފައްސިވެއްޖެ

ހަތް ގައިދީއަކު ކޮވިޑް19 އަށް ފައްސިވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އިން މިއަދު ހާމަކޮށްފައިވާ ގޮތުގައި އޮގަސްޓް މަހުގެ 23 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ޖަލާއި ހުޅުމާލެ ޑިޓެންޝަން ސެންޓަރުން ނެގި ސާމްޕަލް ތަކުގެ ތެރެއިން ހަތް ސާމްޕަލްއެއް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.
އެގޮތުން ކަރެކްޝަންސް އޮފިސަރުންނާއި މުވައްޒިފުންގެ ތެރެއިން 10 ސާމްޕަލް، އަދި ގައިދީންގެ ތެރެއިން 41 ގައިދީއެއްގެ ސާމްޕަލް ވަނީ މިހާތަނަށް ނަގާފައެވެ. މީގެ ތެރެއިން 19 މީހެއްގެ ނަތީޖާ ވަނީ ނައްސިވެފައެވެ.
އަދި މިހާތަނަށް ނަތީޖާ ނުލިބި 15 ސާމްޕަލެއް ވެއެވެ.
މީގެ އިތުުރުން ވެސް ރާއްޖެއިން ބޭރަށް ފުރުވާލެވެން ދެން ބައިތިއްބާފައި ތިބި ބިދޭސީންގެ ތެރެއިން 31 މީހެއްގެ ސާމްޕަލް ނަގާފައިވާއިރު އޭގެ ތެރެއިން ފަސް މީހެއްގެ ސާމްޕަލް ފައްސިވެފައިވާއިރު 16 މީހަކު ވަނީ ކޮވިޑަށް ނައްސިވެފައެވެ.