Thursday, 5 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އިޙްޔާ ފޯރަމްގެ މެއިން ސްޕޮންސަރަކަށް އެމްއެސްޕީ ހަމަޖައްސައިފި

އިޙްޔާ ފޯރަމްގެ މެއިން ސްޕޮންސަރަކަށް އެމްއެސްޕީ ހަމަޖައްސައިފި

މި އަހަރުގެ ރަމަޟާންމަހު ބާއްވާ އިޙްޔާ ފޯރަމްގެ މެއިން ސްޕޮންސަރަކަށް މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑް (އެމް.އެސް.ޕީ) ހަމަޖައްސައިފިއެވެ.

މިކަން ހާމަކޮށް އިސްލާމިކް މިނިސްޓްރީން  ބުނީ 1445 ވަނަ އަހަރުގެ ރަމަޟާންމަހު ބާއްވާ އިޙްޔާ ފޯރަމްގެ މެއިން ސްޕޮންސަރަކަށް އެމްއެސްޕީ ހަމަޖެއްސުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާއި ދެމެދު  ފަހުމުނާމާއެއްގައި އިއްޔެ ސޮއިކޮށްފައިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއާރޒް ޑރ. މުހައްމަދު ޝުޖާއު އަބްދުލް ހަކީމްއެވެ. އަދި މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންްގ ޑިރެކްޓަރ އިބްރާހިމް ރަފީގްއެވެ.

Advertisement
Ooredoo — Truecaller (box)

އިސްލާމިކް މިނިސްޓްރީން ބުނީ އިޙްޔާ ފޯރަމްއަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހެއްގައިވެސް ބާއްވަމުން އަންނަ ފޯރަމެއް ނަމަވެސް މި ފަހަރު މި ފޯރަމްގެ ކަންކަން އިތުރަށް ފުރިހަމަ ކުރުމަށް އެ ވުޒާރާ އިން ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.

މިގޮތުން މި އަހަރު ވަނީ ޖުމްލަ 155،000 ރުފިޔާގެ އިނާމު އެމްއެސްޕީގެ ފަރާތުން ސްޕޮންސަރ ކުރުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް