Tuesday, 3 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓް އަޅަން ބަޔަކާ ހަވާލުކޮށްފި

ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓް އަޅަން ބަޔަކާ ހަވާލުކޮށްފި
ގދ. ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ އެއްބަސްވުމުގައި މިރޭ ސޮއިކޮށްފިއެވެ. މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދަން ހަވާލުކޮށްފައި ވަނީ ތައިލެންޑުގެ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑް އާއެވެ. މިހާރު ތިނަދޫގައި ކުރިއަށްދާ ޖަލްސާގައި ރަސްމިއްޔާތެއްގައި އެއާޕޯޓުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ. ޕޭން ޕެސިފިކް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޖިރާޓް ޕެތްނުންތަވޮންގައެވެ. މިއީ 400 އާއި 600 މިލިއަން ޑޮލަރުގެ މަޝްރޫއުއެކެވެ.

މި މަޝްރޫއުގެ ދަށުން ކުރަން ހުށައަޅާފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ތިނަދޫ ފަޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީ ކުރުމާއި، ގދ އަތޮޅުގައި ޓޫރިޒަމް ސިނާއަތް ތަަރައްގީ ކުރުން އަދި އެހެނިހެން އިގްތިސާދީ ކަންކަމަށް އިންވެސްޓް ކުރުމުގެ އިތުރުން އިވެންސްޓްމަންޓްތައް ހިންގުމަށް މަގުފަހިވާ ވަސީލަތްތައް ގާއިމު ކުރުން ހިމެނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް